-
-
ޅ.އޮޅުވެލިފުށްޓާއި ރ.އުނގޫފާރު މޮނިޓަރިން ޙާލަތަށް ގެނެސްފި އުނގޫފާރު މޮނިޓަރިން އަށް ލުމުން ބަނދަރު ޗެކް ކުރަނީ ./ފޮޓޯ : އުނގޫފާރު ޑޮޓްކޮމް

ޅ.އޮޅުވެލިފުށްޓާއި ރ.އުނގޫފާރު މޮނިޓަރިން ޙާލަތަށް ގެނެސްފި

ރ.އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް ގައި ފަރުވާ ދިނުމަށް ފަހު ، އިތުރު ފަރުވާ ދިނުމަށް މާލެ ފޮނުވާލި ޅ.އޮޅުވެލިފުށި މީހާ ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޮޅުވެލިފުށްޓާއި އުނގޫފާރު މޮނިޓަރިން އަށް ލައިފި އެވެ.

ADS BY FENVARU

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ އުނގޫފާރު ހޮސްޕިޓަލުން ހެދި ޓެސްޓުން ވަނީ ނެގެޓިވްވެފައެވެ. ނަމަވެސް މާލޭ އައިޖީއެމްއެޗް އިން ޓެސްޓް ހެދި ދެ ފަހަރު ވެސް ވަނީ ޕޮޒިޓިވް ވެފައެވެ.

އުނގޫފާރު މޮނިޓަރިން އަށް ލުމާއި ގުޅިގެން އެ ރަށު ބަނދަރަށް ލަފާ ފުރާ އުޅަނދު ތައް ޗެކް ކުރުމުގެ މަސައްކަތް އެ ރަށުގައި ކުރިއަށް ދާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު ރ.އުނގޫފާރަށް ގިނަ ބަޔަކު ދަތުރު ކުރެއެވެ. އެގޮތުން މިއަދުވެސް އަތޮޅު ފެރީ އާއި އެކި ރަށްރަށުގެ ލޯންޗުތައް އުނގޫފާރަށް ދިޔަ ކަމަށް މަޢުލޫމާތު ލިބެއެވެ.