-
-
ޝައިޚް ފަޟްލޫން ގެ ބޭނުންތެރި 3 އެޕްލިކޭޝަނެއް އައް ތިބްޔާން ގެ ލޯގޯ

ޝައިޚް ފަޟްލޫން ގެ ބޭނުންތެރި 3 އެޕްލިކޭޝަނެއް

ޝައިޚުންނަކީ ހަމައެކަނި ދީނީ ދަރުސް ދިނުމާއި ދީނީ ސުވާލާއި ޖަވާބު ދެއްވާ ބޭފުޅުން ނޫންކަން އައްޝައިޚް މުޙައްމަދު ފަޟްލޫން މިވަނީ ޘާބިތު ކޮށްދެއްވާފައެވެ.

ADS BY FENVARU

ކޮވިޑް-19 އާއި ގުޅިގެން މުޅި ރާއްޖެ ފުރަބަންދު ކުރުމުގެ ސަބަބުން ގިނަ މީހުން ތިބެން ޖެހުނީ ގޭގައެވެ. އެކި މީހުން ކުރީ އެކި މަސައްކަތެވެ. މި ދުވަސްވަރު ޝައިޚް ފަޟްލޫން ދަސްކުރެއްވީ ޕޯނު އެޕްލިކޭޝަން ހަދާށެވެ.

އެގޮތުން ޝައިޚް ފަޟްލޫން ހިންގަވާ ފޭސްބުކް ޕޭޖް ކަމަށްވާ " އައްތިބްޔާން " އިން 3 އެޕްލިކޭޝަނެއް މިހާރު ވަނީ ނެރެފައެވެ.

އެއީ  ނަމާދުގެ ދުޢާތަކާއި ޛިކުރުތަކާއި އޭގެ ދިވެހި މާނަ ހިމެނޭ އެޕްލިކޭޝަނަކާއި ކުދިންގެ ނަންތަކާއި މާނަ ހިމެނޭ އެޕްލިކޭޝަނަކާއި ޢަރަބި ބަހުގެ މާނަ ހިމެނޭ އެޕްލިކޭޝަނެކެވެ.

ޝައިޚް ފަޟްލޫން ވިދާޅުވީ އައިޓީ އަކީ ކުރިންވެސް ވަރަށް ޝައުގުވެރިވި ދާއިރާ އެއް ކަމަށާއި ނަމާދުގެ ދުޢާތަކާއި ޛިކުރުތަކާއި އޭގެ ދިވެހި މާނަ ހިމެނޭ އެޕްލިކޭޝަނެއް ހަދަން ޤަސްދު ކުރެއްވީ ގިނަ މީހުން ނަމާދުގައި ކިޔާ އެއްޗެހީގެ މާނަ އޮޅުންފިލުވަން ބޭނުންވެގެން އުޅޭތީ އެކަމަށް ފަސޭހަ ގޮތެއް ހެދުމުގެ މަޤްސަދުގައި ކަމަށެވެ.

އަދި ދަރިފުޅަށް ކިޔަން ބޭނުންވާ ނަންތައް ފާސް ކުރުމުގައި އާއްމުންނަށް ދަތިތަކެއް ކުރިމަތިވާތީ އެކަމަށް ޙައްލެއް ހޯދާދިނުމުގެ މަޤްޞަދުގައި ކުދިންގެ ނަންތަކާއި މާނަ ހިމެނޭ އެޕްލިކޭޝަނެއް ހަދަން ގަސްދުކުރެއްވީ ކަމަށް ޝައިޚް ވިދާޅުވި އެވެ. މި އެޕްލިކޭޝަން ގައި ކުދިންނަށް ކިޔާ ނަމާއި އޭގެ މާނަ ހިމެނޭނެ ކަމަށާއި އަދި މި އެޕްލިކޭޝަން މެދުވެރިކޮށް ނަން ފާސްކުރަން ވެސް ހުށައެޅޭނެ ކަމަށް ވެސް ޝައިޚް ފަޟްލޫން ވިދާޅުވި އެވެ.

އެންމެ ފަހުން ނެރުނު އެޕްލިކޭޝަނަކީ ޢަރަބި ބަހުގެ މާނަ ހިމެނޭ އެޕްލިކޭޝަނެކެވެ. މިއީ މަދީނާގެ ޖާމިޢަތުލް އިސްލާމިއްޔާގެ معهد تعليم اللغة العربية ގައި ޢަރަބި ބަސް ކިޔަވައި ދިނުމަށް ބޭނުންކުރާ ފޮތްބައި ގެ كتاب التدريبات ގެ އެއްވަނަ ބަޔާއި ދެވަނަ ބައި އަދި ތިން ވަނަ ބައިގެ ބަސްތައް ހިމަނައިގެން އެކުލަވާލާފައިވާ އެޕްލިކޭޝަނެކެވެ. މި އެޕްލިކޭޝަން ގައި 2000 ވަރަކަށް ބަސް ހުންނާނެކަމަށް ޝައިޚް ފަޟްލޫން ވިދާޅުވި އެވެ. މިހުރިހާ އެޕްލިކޭޝަނެއް ވެސް ގޫގުލް ޕްލޭ ސްޓޯރުން ހިލޭ ލިބެން ހުންނާނެއެވެ.

ޝައިޚް ފަޟްލޫން ވިދާޅުވީ މި މަހު ފަހު ކޮޅު ނުވަތަ އަންނަ މަހު ކުރީކޮޅު ޢަރަބި - ދިވެހި ރަދީފުގެ އައިއޯއެސް އެޕްލިކޭޝަން ނެރެން މަސައްކަތް ކުރާ ކަމަށެވެ.

" ތުއްތު ކުދިންގެ ނަން " މި އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވުމަށް މި ލިންކް އަށް ފިތާލާށެވެ.

" ނަމާދުގެ ދުޢާތަކާއި ޛިކުރުތައް " މި އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވުމަށް މި ލިންކް އަށް ފިތާލާށެވެ.

" ޢަރަބި ދިވެހި ރަދީފު " މި އެޕްލިކޭޝަން ޑައުންލޯޑު ކުރެއްވުމަށް މި ލިންކް އަށް ފިތާލާށެވެ.