-
-
ބްރެޒިލުން އެތެރެކުރި ކުކުޅު ފިޔަތަކެއް ކޮވިޑް19 އަށް ފައްސިވެއްޖެ ބްރެޒިލްގައި އުފައްްދާފައިވާ ކުކުޅު ފިޔަތަކެއް -: ފޮޓޯ: ގެޓީ

ބްރެޒިލުން އެތެރެކުރި ކުކުޅު ފިޔަތަކެއް ކޮވިޑް19 އަށް ފައްސިވެއްޖެ

ކުޅުޅުގެ ބާވަތްތައް އުފެއްދުމުގައި ދުނިޔޭގެ ބާޒާރުން ސަމާލުކަން ހޯދާފައިވާ ބްރެޒިލުން ބޭރުކުރެވުނު ފިނިކުރި ކުކުޅު ފިޔަތަކެއް ކޮވިޑް19 އަށް ފައްސިވެއްޖެއެވެ.

ADS BY FENVARU

ޗައިނާގެ ރަސްމީ އިދާރާތަކާއި ޙަވާލާދީ ސީއެންއެންގައި ރިޕޯޓުކޮށްފައިވަނީ، ދެކުނު ޗައިނާ ސަރަޙައްދެއްގައި ބުދަ ދުވަހުގައި ހިނގައިދިޔަ މިހާދިސާ އެ ސިޓީގެ މުނިސިޕަލް ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ކަށަވަރު ކޮށްފައި ވާކަމަށެވެ.

ބްރެޒީލިއަން އެސޯސިއޭޝަން ފޮރ އެނިމަލް ޕްރޮޓީން (ބީއޭއޭޕީ) އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ނާމްސޫފީގެ މަހުން ކޮވިޑް19 ފެތުރޭކަމުގެ އެއްވެސް ސައިންޓިފިކް ހެއްކެއް ނެތްކަމުގައެވެ. އެކުޅު ފިޔަތަކަށް ކޮވިޑް19 އަރާފައިވަނީ، ކޮން އިރެއްގައިކަން ނުވަތަ އުފުލުމުގެ މަގުމަތީގައިތޯވެސް މިހާތަނަށް ކަށަވަރު ވެފައި ނުވާކަމަށްވެސް އެޖަމާޢަތުގެ ބަޔާނުގައި ބުނެފައި ވެއެވެ.

ނަމަވެސް، ބްރެޒިލްގެ ސަރުކާރުން، އެގައުމުގެ އެގްރިކަލްޗުރަލް މިނިސްޓްރީން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ޗައިނާގެ ރަސްމީ އިދާރާއަކުން އެކަން ބްރެޒިލަށް އަންގާފައި ނުވާކަމަށެވެ.

ކޮވިޑް19 ފެނުނު ކުޅުޅު ފިޔަތަކުގެ ބެޗާއި، އެ ތަކެއްޗާއި "އެއްތަންވި" އެންމެންވެސް ދެނެގަނެވި ޓެސްޓްކުރެވި ނަތީޖާ ނެގަޓިވް ވެފައި ވާކަމަށްވެސް އެ ސިޓީގެ މުނިސިޕަލް ސަރުކާރުން ހާމަކޮށްފައި ވެއެވެ.

ބްރެޒިލުން އެތެރެކުރި ކުކުޅު ފިޔަތަކެއް ކޮވިޑް19 އަށް ފައްސިވެފައި ވާކަން ޗައިނާއިން މިއަދު ހާމަކޮށްފައިވާއިރު، މީގެ އެއްދުވަސް ކުރިން އިކުއެޑޯއިން ޗައިނާއަށް އެތެރެކުރި ޑިނގާތަކަކުންވެސް ކޮވިޑް19 ފެނިފައިވާކަން އެގައުމުގެ ސީސީޓީވީގެ ރިޕޯޓަރަކު ހާމަކޮށްފައިވެއެވެ.

ކާބޯތަކެތިން ކޮވިޑް19 ޖެހުމަކީ އިންތިހާއަށް ދުރުގައިވާ ކަމެއްކަމުގައި، ދުނިޔޭގެ ސިއްޙީ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) ގެ އިތުރުން އެމެރިކާގެ ސެންޓަރ ފޮރ ޑިސީސް ކޮންޓްރޯލް (ސީޑީސީ) ން ހާމަކޮށްފައިވެއެވެ.

ބްރެޒިލްގައި ކޮވިޑް19 އަށް ފައްސިވެފައިވާ މީހުންގެ ޖުމްލަ ޢަދަދު 3 މިލިއަނަށް ވުރެ މައްޗައްޖެހި، އެމެރިކާއަށް ފަހުގައި، ދުނިޔެއިން 2 ވަނައަށް އެންމެ ގިނައިން ފައްސިވެފައިވާ މީހުން ހިމެނޭ ގައުމަކަށް ބްރެޒިލް ވެފައިވާކަންވެސް ފާހަގަ ކޮށްލެވެއެވެ.

(ބައިނަލް އަގުވާމީ ނޫސްތައް)