-
-
އޮލިވްއޮއިލް ހުރިއްޔާ އެހެން ތެލެއް ބޭނުމެއްނުވާނެ. އަޖުމަބަލާލަމާ!

އޮލިވްއޮއިލް ހުރިއްޔާ އެހެން ތެލެއް ބޭނުމެއްނުވާނެ. އަޖުމަބަލާލަމާ!

ޒައިތޫނި ތެޔޮ ނުވަތަ އޮލިވްއޮއިލް އަކީ އޭގެ ޒާތުގައި ހީވެސްނުކުރާފަދަ އެތައް ފައިދާއެއް އެކުލެވިގެންވާ ތެލެކެވެ. ކެއްކުމަށާއި، ބޭސްވެރިކަމަށް މަޤްބޫލް އެއްޗެކެވެ. އޮލިވްއޮއިލްގައި ހިމެނޭ ވިޓަމިން އީ އަދި އެންޓިއޮކްސިޑެންޓްގެ ސަބަބުން އެތައް ބައްޔަކަށް ފަރުވާލިބިދެއެވެ. އޮލިވްއޮއިލްގެ ބައެއް ބޭނުންތަކާއި ބޭނުންކުރަންޖެހޭގޮތްތަކަށް އަލިއަޅުވާލަމާ ހިނގާށެވެ.

ADS BY FENVARU

 ބާރަށް ގުގުރިދެމުން ހުއްޓުވުމަށް: ނިދަން އޮށޯންނަމުން ދެ ސަމުސާ ޒައިތޫނި ތެޔޮ ބޯލުމުން.

އުށްބައްތި ޖަހާ އެތީގައި އުށް ތަތްލިޔަ ނުދިނުމަށް: އުށްބައްތި ޖަހާ އެތީގެ ތެރެއަށް ކުޑަކުޑަ ޒައިތޫނި ތެޔޮފޮދެއް ޖަހާށެވެ. ވިރިގެން ފައިބާ އުށްތައް ތަތެއްނުލާނެއެވެ.

ބަގީޗާ ހެއްދުމަށް ބޭނުންކުރާ ބައެއް ސާމާނު ބެލެހެއްޓުމަށް: އެތަކެތީގައި ޒައިތޫނި ތެޔޮ ހޭކުމުން ދަބަރު ޖެހުމާއި ދަމިލަޖެހުމުން ދުރުކޮށްދެއެވެ.

 ސްޓްރެޗް މާރކް ފިލުވުމަށް: ޒައިތޫނި ތެލުން މަސާޖްކުރާނީއެވެ.

Fda Olive Oil Skin Care Essential Oil Jojoba Seed Oil For Pregnant Women And Postpartum Or Soothing Texture Spa - Buy Stretch Marks,Soothing Texture Spa Essential Oil,Stretch Mark Removal Oil Product on

- ކެއްސުން ރަނގަޅު ކުރުމަށް: ޒައިތޫނި ތެޔޮ ސަމުސަލަކާއި މާމުއި ސަމުސަލެއް އެއްކޮށްގެން ބޯށެވެ.

 ރަތްވެފައިވާ / ދުޅަވެފައިވާ ހިރުގަނޑަށް ފަރުވާދިނުމަށް: ފެނަށް ޒައިތޫނި ތެޔޮ އެއްކޮށްގެން އަނގަ ދޮންނާށެވެ.

އިސްތަށި ފޭބުން ހުއްޓުވުމަށް: ހަފްތާއަކު 3 ފަހަރު  2 ސައިސަމުސާ ޒައިތޫނި ތެލާއި 2 ކުކުޅުބިސް އެއްކުރުމަށްފަހު ބޮލުގެ ހަންގަނޑުގައި ހާކައިފައި 40 މިނެޓް ބަހައްޓާފައި ދޮވެލާނީއެވެ.

ހަންގަނޑަށް ފަރުވާ ދިނުމަށް: ޒައިތޫނިތެޔޮފޮދެއް ހޫނުކުރުމަށްފަހު ތާފަނާކޮށް ހަންގަނޑުހައި ހާކާ މަސާޖްކުރުމުން ހަންގަނޑަށް ފަރުވާލިބެއެވެ.

 ދަތުގައި ރިއްސުން ފިލުވުމަށް: ކަރަންފޫ ތެލާއި ޒައިތޫނު ތެޔޮ އެއްކޮށް ކަފަބުރެއް ބޭނުންކޮށްގެން ރިއްސާ ދަތުގައި ޖަހާށެވެ. މާބަނޑު އަންހެނުންނާއި ތުއްތުކުދިން އަދި ކިރުމައިން މި ބޭސް ބޭނުންކޮށްގެން ނުވާނެ އެވެ.

 އެކްނީ ނުވަތަ އޮށާޅަ އަށް ފަރުވާދިނުމަށް: 3 ސައިސަމުސާ ޒައިތޫނި ތެލާއި 4 ސައިސަމުސާ މޫދު ލޮނާއި އެއްކޮށްގެން މޫނުގައި އުނގުޅުމަށްފަހު 1 ނުވަތަ 2 މިނެޓް ވާންދެން ބަހައްޓާށެވެ. ދެން ހޫނުފެނުން މޫނު ދޮވެލާނީއެވެ.

ނެޕީ ޖެހުމުން ނަގާ ފޮޅު ނެގުން ހުއްޓުވުމަށް: 2 ސައިސަމުސާ ޒައިތޫނި ތެލުގެ ތެރެއަށް 1 ސަމުސާ ފެން އެއްކޮށްގެން ކުއްޖާގެ ފޫކޮޅުގައި އުގުޅާށެވެ.

 ކަންފަތުގައި ރިއްސުން ރަނގަޅުކުރުމަށް: ޒައިތޫނި ތެޔޮފޮދެއް ހޫނުކޮށް، ތާފަނާ ކޮށް ތެޔޮފޮދު ބަހައްޓައި ކަންފަތު ތެރެއަށް ތެޔޮ ތިއްކެއް ޖަހާލާށެވެ.

އަރިދަފުސް ރޯގަލަށް ފަރުވާ ދިނުމަށް: 1/3 ޖޯޑު ޒައިތޫނި ތެލާއި، 1/3 ތިލެލާއި، 4 ބޮކަރު ތިއްކާއި، 2 ތިކި ރޯސްމެރީ ތެލާއި އެއްކޮށްގެން ހޫނުކޮށްލުމަށްފަހު ތާފަނާކޮށް ބަހައްޓައި މެޔާއި ބުރަކަށީގައި މަސާޖް ކުރާށެވެ.

ބޮލުން ހަންފޮޅުމަށް ފަރުވާ ދިނުމަށް: ނިދުމުގެ ކުރިން ތެޔޮފޮދެއް ހޫނުކުރުމަށްފަހު ހިހޫކޮށްހުއްޓާ ތެލުން އިސްތަށިގަނޑު މަސާޖްކުރުމަށްފަހު ހެދުނު ތެދުވެ ބޯދޮވެލާށެވެ.

އިސްތަށީގެ ކޮޅުތައް ކަފިވުން ރަނގަޅުކުރުމަށް: ތާފަނާކޮށް ހުރި ޒައިތޫނި ތެޔޮ ބޮލުގެ ހަންގަނޑަށް އަޅާފައި ކޮންމެ ދުވަހަކުވެސް 45 މިނެޓް ބަހައްޓާށެވެ.

އިސްތަށީގައި ކުލަ ޖައްސާއިރު ހަންގަނޑުގައި ހޭކޭ ކުލަ ފިލުވުމަށް: ކަފަގަނޑެއް ނުވަތަ ކުޑަ ތުވާލި ރުމާކޮޅެއް ތެލުން ތެންމުމަށްފަހު ކުލަހޭކިފައިހުރި ތަންތަން ސާފްކުރުމުން ކުލަފިލާނެއެވެ.

މަސްކަރާ ފިލުވުމަށް: ކަފަބުރަކަށް ކުޑަކުޑަ ތެޔޮފޮދެއް ޖަހައިގެން މަސްކަރާ ފިލުވައިލެވޭނެއެވެ.

ފަރުނީޗަރު ފާލީސް ކުރުމަށް: ޒައިތޫނި ތެލާއި ލުނބޯހުތް އެއްކޮށް ތުވާލިކޮޅަކުން ފަރުނީޗަރު ފާލީސް ކުރާނީއެވެ.

ދޮރުތަކުގެ ހުޅުހުޅު ހިކި އަޑުގޮވުން ކެނޑުވުމަށް: ހުޅަށް ޒައިތޫނި ތެޔޮ ޖަހާނީއެވެ.

ހަޖަމުކުރުމުގެ މައްސަލަތައް ހައްލުކުރުމަށް: ކޮންމެ ދުވަހަކު ހެނދުނު ހުސްބަނޑާހުރެ ސައިސަމުސަލެއްގެ ޒައިތޫނި ތެޔޮ ބޯލާނީ ނުވަތަ ފެން ތަށްޓެއްގެ ތެރެއަށް 1 ސަމުސާ ޒައިތޫނި ތެލާއި، 1 ސަމުސާ ލުނބޯ ހުތް އެއްކޮށްގެން ބޯލާށެވެ.

އަދި މީގެއިތުރުން ވަޅިތަކުގައި ދަބަރުޖެހުން ހުއްޓުވުމަށާއި، ގޮހޮރުގެ ފާރުހިއްކުމާއި ތަދުކެޑުވުމަށް އޮލިވްއޮއިލް ވަރެއްނެތެވެ. ތުބުޅި ބާލަން ބޭނުންކުރާ ޝޭވިންގ ކްރީމްގެ ބަދަލުގައި އޮލިވްއޮއިލް ބޭނުންކުރެވިދާނެއެވެ. ނިޔަފަތިދިގުކުރުމަކީ މިހާރުގެ ޓްރެންޑަކަށް ވެފައިވާއިރު ނިޔަފަތިތައް ވަރުގަދަކުރުމަށް އޮލިވްއޮއިލް ބޭނުންކޮށްގެން ކޮންމެ ދުވަހަކު 10 މިނިޓް މަސާޖްކުރާށެވެ. ބަރުދަން ލުއިކުރުމަށްވެސް ޒައިތޫނިތެލަކީ އެއްވަނައިގެ ބާވަތެކެވެ. އެއްވެސް ކަހަލަ ސައިޑްއިފެކްޓެއް ނުހިމެނޭ ބާވަތެކެވެ.