-
-
ޓްރާންސްފަރ ޚަބަރުތައް

ޓްރާންސްފަރ ޚަބަރުތައް

ނެދަލޭންޑްސް ޤައުމީ ޓީމާއި އެ ޤައުމުގެ އަޔެކްސް ގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިޔެއް ކަމަށްވާ ޑޮނި ވެންޑަ ބީކް ، އިނގިރޭސި ވިލާތުގެ މެންޗެސްޓަރ ޔުނައިޓެޑަށް ސޮއިކޮށްފި އެވެ.

ADS BY FENVARU

އުމުރުން 23 އަހަރުގެ ވެންޑަ ބީކް ޔުނައިޓެޑަށް ސޮއި ކުރީ 40 މިލިއަން ޔޫރޯ އަށް 5 އަހަރު ދުވަހުގެ މުއްދަތަކަށެވެ.

ޔޫރަޕުގެ ޓްރާންސްފަރ ހަބަރުތައް ބަލާއިރު ، ޗެލްސީ އިން ވަނީ އެ ޓީމަށް މުހިއްމު ކުޅުންތެރިންތަކެއް ގެނެސްފައެވެ. އެގޮތުން އަޔަކްސް ގެ ޒިޔަޗް އާއި  ޖަރުމަންގެ ވާރނަރ އާއި ހަވާޒް ގެ އިތުރުން ބްރެޒިލްގެ ތިއާގޯ ސިލްވަރ އާއި ލެސްޓާ ސިޓީ ގެ ބެން ޗިލްވެލް ވެސް ޗެލްސީ އަށް ވަނީ ގުޅިފައެވެ. ޗެލްސީ އިން ދިޔަ ކުޅުންތެރިންނަކީ ވިލިއަން އާއި ޕެޑްރޯ އެވެ. ޕެޑްރޯ ގުޅިފައިވަނީ އިޓަލީ ގެ އޭއެސް ރޯމާ އަށެވެ.

ކޮލަންބިއާ ގެ ހަމޭޝް ރޮޑްރިގޭޒް އާއި ބްރެޒިލް ގެ އެލަން ވަނީ އިނގިރޭސި ޕްރިމިއަރ ގެ އެވަޓަން އާ ގުޅިފައެވެ.

އާސެނަލް އިން ވަނީ ބްރެޒިލްގެ ސެންޓަރ ބެކް ގެބްރިއަލް މާގަލްހެސް އާއި ވިލިއަން ގެނެސްފައެވެ. މީގެ އިތުރުން މިދިޔަ އަހަރު އެ ޓީމުގައި މުހިއްމު ދައުރެއް އަދާކުރި ސްޕެއިން ގެ ޑަނީ ސެބާޔަސް ވަނީ މި ސީޒަނަށް ވެސް ލޯނެއްގެ ދަށުން އާސެނަލް އަށް އަންނަން އެއްބަސްވެފައެވެ.

މެންޗެސްޓަރ ސިޓީ އިން ފެރާން ޓޮރޭޒް އާއި ނަތަން އަކޭ ވަނީ ޓީމާއި ގުޅިފައެވެ. އެ ޓީމު ދޫކޮށް ދިޔަ މުހިއްމު ކުޅުންތެރިޔަކީ ޑޭވިޑް ސިލްވާ އެވެ. ސިލްވާ ވަނީ ސްޕެއިންގެ ރެއާލް ސޮސިއެޑާޑް އާ ގުޅިފައެވެ. ސިޓީ އިން މިހާރު އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ބާސާގައި ތަރި މެސީ ހޯދުމަށެވެ.

ބާސާ ގެ އިވާން ރަކިޓިޗް ވަނީ އޭނާގެ ކުރީގެ ކްލަބް ސެވިއްޔާ އަށް ބަދަލުވެފައެވެ. އަދި ބާސާ ގެ ލުއިސް ސުއަރޭޒް ޔުވެންޓަސް އަށް ބަދަލު ވާނެކަމަށް ޚަބަރުތައް ބުނެ އެވެ.

ބާސާ އަށް ގެނައި މުހިއްމު ކުޅުންތެރިޔަކީ ޕޯޗުގަލް ގެ ޒުވާން ފޯވާޑް  ފްރެންސިސްކޯ ޓްރިންސާއޯ އެވެ.