-
-
ފުވައްމުލައް ސިޓީ- ވެޓަރަންސް މުބާރާތުގެ ސެމީފައިނަލުގެ ފުރުޞަތު ދޫނޑިގަލޯނާ އާއި ފުނާޑު ޓީމަށް ބޮޑު ފުވައްމުލައް ސިޓީ ދިގުވާޑު އެފްސީއާއި މިސްކިތްމަގު އެންމެންގެ ގުޅުން ބައްދަލުކުރި މެޗު 0-2.---ފޮޓޯ/މިކަލް

ފުވައްމުލައް ސިޓީ- ވެޓަރަންސް މުބާރާތުގެ ސެމީފައިނަލުގެ ފުރުޞަތު ދޫނޑިގަލޯނާ އާއި ފުނާޑު ޓީމަށް ބޮޑު

ފުވައްމުލައް ސިޓީ މާލެގަން ފުޓްސަލް ދަނޑުގައި މިހާރު ކުރިޔަށްދާ ވެޓަރަންސް ފުޓްސަލް މުބާރާތް 2020 ގެ ރޭގެ މެޗުތައް ނިމުނު އިރު ދެ ޓީމަކަށް ސެމީ ފައިނަލުގެ ޖާގަ ގާތްގަޑަކަށް ލިބިއްޖެއެވެ. ވިއްސާރައާއި ހެދި އެއްދުވަހުގެ މެދުކެނޑުމަށް ފަހު ރޭ ކުޅުނު މެޗުން މޮޅުވެ އެފްސީ ދޫނޑިގަލޯނާ ޓީމާއި އެފްސީ ފުނާޑު ޓީމަށް ސެމީ ފައިނަލުގެ ފުރުސަތު ވަނީ ބޮޑުވެފައެވެ.

ADS BY FENVARU

ގްރޫޕް 1ގައި ރޭ އެފްސީ ދޫނޑިގަލޯނާ ޓީމު ވާދަކުރީ މާނޭރެ އެފްސީ އާއެވެ. މިމެޗު 4-2 އިން ކާމިޔާކޮށް ދޫނޑިގަލޯނާ ޓީމުން ގްރޫޕުގެ ކުރި ހޯދިއެވެ. އެޓީމު ކުޅުނު 3 މެޗުން ވަނީ 7 ޕޮއިންޓް ހޯދާފައެވެ. މި ގްރޫޕްގެ ދެވަނާގައި 6 ޕޮއިންޓާއެކު އޮތީ ހޯދަޑް ސްޕޯޓްސް ވިންޓޭޖެ އެވެ. އަދި 3 ވަނާގައި ދަޑިމަގު އެފްސީ އޮތީ 4 ޕޮއިންޓާއެކު އެވެ. ގުރޫޕަކުން ދެ ޓީމަށް ސެމީ ފައިނަލުގެ ޖާގަ ލިބޭއިރު މިގްރޫޕުގެ ބާކީ ހުރި މެޗުތަކުގެ ފޯރި ގަދަވާނެއެވެ. ޚާއްސަކޮށް އެފްސީ ދަޑިމަގު އާއި މުބާރާތުން ކަޓާފައިވާ މާދަޑު ފިސްޑާ ބައްދަލުކުރާ މެޗު ފާހަގަ ކުރެވެއެވެ.

ވެޓަރަންސް ފުޓްސަލަ މުބާރާތް 2020 ޕޮއިންޓް ޓޭބަލް

މުބާރާތުގަިއ ކުރިޔަށްދިއުމުގެ ޔަގީންކަން ހޯދަން ހޯދަޑު ސްޕޯޓްސް ވިންޓޭޖަށް ޖެހޭނީ މިރޭ މާނޭރެ އެފްސީއާއި ދެކޮޅަށް ކުޅޭ މެޗުން މޮޅުވާށެވެ. މިރޭގެ ކުޅޭ ދޫނޑިގަލޯނާގެ މެޗާއި ހޯދަޑު ސްޕޯޓްސް ވިންޓޭޖްގެ މެޗުން މި ގްރޫޕުން ސެމީ ފައިނަލަށް ދާނެ ދެޓީމު ޔަގީން ވާނެއެވެ. ދޫނޑިގަލޯނާ ޓީމު ބަލިވެ ދަޑިމަގު ޓީމާއި ހޯދަޑު ޓީމު މޮޅުވެއްޖެނަމަ ދޫނޑިގަމު ޓީމުގެ ކެޓުމުގެ ހަނި ފުރުސަތެއް ވެސް އެބައޮތެވެ. އެއީ ގޯލުގެ ތަފާތު ނުކުންނަ ގޮތަކުންނެވެ.

ރޭ 6-3 އިން ހޯދަޑު ހަވިއްތަ ސްޕޯޓްސް ބަލިކޮށް އެފްސީ ފުނާޑު ޓީމުން ވަނީ 7 ޕޮއިންޓާއެކު ސެމީ ފައިނަލުގެ ޖާގަ ޔަގީންކޮށްފައެވެ. އެއީ ގްރޫޕް 2 ގައި ދެވަނާގައި އޮތް މިސްކިތްމަގު އގ. އާއި ގޯލުގެ ތަފާތުން 3 ވަނާގައި އޮތް މާލެގަން ސްޕޯޓްސް ކްލަބަށް ވެސް 4 ޕޮއިންޓް ލިބިފައި ވުމުންނެވެ. މިގްރޫޕުން ފުނާޑު ޓީމުގެ އިތުރުން ސެމީ ފައިނަލަށް ދިއުމަށް ވާދަކުރަނީ 2 ވަނަ އަދި 3 ވަނާގައިވާ މިސްކިތްމަގު އގ އާއި މާލެގަމު ޓީމުންނެވެ.

މިސްކިތްމްގު އެންމެނެގެ ގުޅުން ޓީމަށް ފުރުސަތު އޮތީ ފަހިކޮށް

މިރޭ މިސްކިތްމަގު އގ އާއި މާލެގަމު ޓީމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގައި ކުރިޔަށް ދިއުމުގެ ލިބޭނެއެވެ. މި ގްރޫޕުން ދިގުވާޑު އެފްސީއާއި ހޯދަޑު ހަވިއްތަ ސްޕޯޓްސް ވަނީ ކަޓާފައެވެ.

މިމުބާރާތުގެ ގްރޫޕް މެޗުތައް ނިމޭނީ މާދަމާ ރެއެވެ. ނަމަވެސް އެއިގެ ކުރިން މުބާރާތުން ކަޓާ ޓީމުތަކާއި ކުރިޔަށް ދެވޭނެ ޓީމުތައް އެނގިގެން ދާނެއެވެ. އެގޮތަށް ދިމާވަނީ ގްރޫޕެއްގައި 5 ޓީމު ހިމެނޭތީއެވެ. ވުމާއެކު ބާކީހުރި މެޗުތަކުގެ ފޯރި ގެއްލޭނެ ކަމަށް ބެލެވެއެވެ.

ސެމީ ފައިނަލަށް ދާނީ ކޮންމެ ގްރޫޕްގެ 1 ވަނަ އަދި 2 ވަނަ ޓީމެވެ.

އެފްސީ ދޫނޑިގަލޯނާ 3-0 ހޯދަޑު ސްޕޯޓްސް ވިންޓޭޖް

ރޭގެ މެޗުތައް:

8:00 ގައި ގްރޫޕް 1، މާނޭރެ އެފްސީ އާއި ހޯދަޑް ސްޕޯޓްސް ވިންޓޭޖެ

9:00 ގައި ގްރޫޕް 2، މިސްކިތްމަގު އެންމެންގެ ގުޅުން އާއި މާލެގަން ސްޕޯޓްސް ކްލަބް

10:00 ގައި ގްރޫޕް 1، މާދަދު ފިސްޑާ އާއި އެފްސީ ދޯނޑިގަލޯނާ

ޥެޓަރަންސް ފުޓްސަލް 2020 ސްކޯޗާޓް

ސޯސް:މިކަލް