-
-
މެސީ ބާސާގައި މަޑުކުރަން ނިންމައިފި

މެސީ ބާސާގައި މަޑުކުރަން ނިންމައިފި

މި ސީޒަންގައި ބާސެލޯނާ ދޫކޮށްދާން ބޭނުން ކަމަށް ބުނެފައިވާ އެ ޓީމުގެ ކެޕްޓަން ލަޔޮނަލް މެސީ ބާސާގައި މަޑުކުރާން ނިންމައިފި އެވެ.

ADS BY FENVARU

ކޮންޓްރެކްޓް ގައި ބާކީ 1 އަހަރު އޮއްވާ ، މިދިޔަ ހަފްތާގައި މެސީ ބާސާއަށް ފޮނުވި މެސެޖެއްގައި ވަނީ އޭނާ އެހެން ކްލަބަކަށް ދާން ބޭނުންވާ ކަމަށާއި ހިލޭ އޭނާ އަށް ރިލީޒް ދިނުމަށެވެ. ނަމަވެސް ބާސާގެ ރައީސް ބާޓޮމެއު ވަނީ އެކަމާ ދެކޮޅު ހަދާފައެވެ. އަދި ސްޕެނިޝް ލަލީގާ އިން ވަނީ މެސީ ހިލޭ ނުދެވޭނެ ކަން އަންގާފައެވެ. އެހެން ކްލަބަކަށް ބަދަލުވާނަމަ މެސީގެ ރިލީޒް ފީ 700 މިލިއަން ޑޮލަރު ދައްކަން ޖެހޭނެ ކަމަށެވެ.

މެސީ އެންމެ ފަހުން ސޮއި ކުރި އެއްބަސްވުމުގައި އޮންނަނީ ކޮންމެ އަހަރެއްގެ ވެސް ސީޒަން ނިމި ޖޫން 10 ގެ ކުރިން މެސީ ބޭނުން ކްލަބަކަށް ހިލޭ ދެވޭނެ ކަމަށެވެ. ނަމަވެސް ކޮވިޑް 19 ގެ ސަބަބުން ލީގު ގެ ކުޅުން މެދު ކަނޑާލުމަށްފަހު ކުޅުން ފެށީ ޖޫން ގެ މެދު ތެރޭގައެވެ.

މެސީ ގެ ލީގަލް ޓީމުން ބުނަނީ މިހާރުވެސް މެސީ އަށް ހިލޭ ދެވެން ޖެހޭނެ ކަމަށެވެ.

ބޭރުގެ ކުޅިވަރުތައް ޚަބަރު ތައް ބުނާގޮތުން މެސީ ބާސާ ގައި މަޑުކުރާން ނިންމީ ކޯޓަށް ދާން ބޭނުން ނުވާތީ ކަމަށެވެ.

މެސީ ދާން ބޭނުންވަނީ އިނގިރޭސި ޕްރިމިއަރ ލީގު ގެ މެންޗެސްޓަރ ސިޓީ އަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި އަންނަ އަހަރު ހިލޭ ޓްރާންސްފާއެއްގެ ދަށުން މެސީ އެހެން ކްލަބަކަށް ބަދަލުވާނެކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

މެސީ އަކީ ބާސެލޯނާ ތާރީޚު ގައި އެ ޓީމަށް އެންމެ ގިނަ ގޯލު ކާމިޔާބު ކޮށްދިން ކުޅުންތެރިޔާއެވެ.