-
-
ރޮޑްރިގޭޒް އެވަޓަން އަށް ސޮއި ކޮށްފި

ރޮޑްރިގޭޒް އެވަޓަން އަށް ސޮއި ކޮށްފި

ރެއާލް މެޑްރިޑަށް ކުޅެމުންދާ ކޮލަންބިއާ ގެ ހަމޭޝް ރޮޑްރިގޭޒް ، އިނގިރޭސި ޕްރިމިއަރ ލީގުގެ ކްލަބް އެވަޓަން އަށް ސޮއި ކޮށްފިއެވެ.

ADS BY FENVARU

2014 ވަނަ އަހަރު ފްރާންސްގެ މޮނާކޯ އިން ރެއާލް އަށް ބަދަލުވި ރޮޑްރިގޭޒް ވަނީ އެ ޓީމަށް 85 މެޗު ކުޅެދީ 29 ގޯލު ޖަހައިދީފަ އެވެ. 2017 އިން 2019 ވަނަ ގެ ސީޒަން ރޮޑްރިގޭޒް ހޭދަކުރީ ޖަރުމަނު ގެ ބަޔާން މިއުނިކް ގައެވެ.

2014 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް ގެ ރަންބޫޓު ހޯދި ރޮޑްރިގޭޒް ، އެވަޓަން އަށް ގުޅުނުއިރު ، އެ ޓީމް ވަރުގަދަ ކުރުމަށް ބްރެޒިލް އެލާން ވެސް ވަނީ އެވަޓަން އާ ގުޅިފައެވެ.

އަދި މިދިޔަ ސީޒަން ގައި ވަޓަފޯޑަށް ކުޅުނު ފްރާންސްގެ ޑިއުކޫރެ ވެސް އެވަޓަން އާ ގުޅޭނެ ކަމަށް ބޭރުގެ ކުޅިވަރު ރިޕޯޓް ތައް ބުނެ އެވެ.

މި މަހު 12 ވަނަ ދުވަހު ފަށާ އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަންގެ ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ޓޮޓެންހަމް އާއެވެ. މި މެޗު އޮންނާނީ 13 ސެޕްޓެމްބަރ ގައެވެ.