-
-
މިއޮތީ އެކްޓިންގ ކުރަން ބޭނުން މީހުންނަށް ލިބޭ ރަނުގެ ފުރުސަތެއް! ފޮޓޯ: މުނިއަވަސް

މިއޮތީ އެކްޓިންގ ކުރަން ބޭނުން މީހުންނަށް ލިބޭ ރަނުގެ ފުރުސަތެއް!

ރާއްޖޭގެ މަޝްހޫރު ފިލްމު ޕްރޮޑަކްޝަން "އައި ފިލްމްސް" އިން އަލަށް ފިލްމީ ދާއިރާއަށް ނުކުންނަން ބޭނުން ކުދިން ހޯދަން އިއުލާންކޮށްފިއެވެ.

ADS BY FENVARU

ދިވެހި ފިލްމު "ބަވަތި" އިން ލިބުނު ކާމިޔާބީއަށްފަހު މިޕްރޮޑަކްޝަނުން 2021 ވަނައަހަރު ނެރެން ތާވަލްކުރެވިފައިވާ  ފީޗާ ފިލްމު "ނީނާ" އަކީވެސް ދިވެހިންގެ މެދުގައި މަޤްބޫލުކަން ހޯދާނެ ފިލްމެކެވެ.

"އައި ފިލްމްސް" އިން ކާސްޓިންގ ކޯލަކަށް އިއްޔެ ވަނީ އިއުލާންކޮށްފައެވެ. މިއީ އުމުރުން 08 އަހަރާއި 60 އަހަރާއި ދެމެދުގެ އެކްޓަރުންނަށް ވާން ބޭނުން މީހުންނަށް ހާއްސަކޮށް ހުޅުވާލި ފުރުސަތެއްކަމަށާއި ސީރީޒްތަކަށާއި ފިލްމުތަކަށް ބޭނުންވާ ސްޓާރުން ހޯދުމަކީ މިކޯލުގެ ބޭނުންކަމަށް "އައި ފިލްމްސް" ގެ ވެރިޔާ އަދި ޑައިރެކްޓަރ އިލްޔާސް ވަހީދު (އިއްލެ) މީޑިޔާއަށް މައުލޫމާތުދިނެވެ.

ކާސްޓިން ކޯލްގައި ބައިވެރިވާ ބޭނުންވާ ފަރާތްތަކުން ’އައި ފިލްމްސްގެ ފޭސްބްކް ޕޭޖް’ ނުވަތަ ’އައި ފިލްމްސްގެ އިންސްޓަގްރާމް’ އަށް ޑައިރެކްޓް މެސެޖެއް (ޑީއެމްއެއް) ކޮށްގެން ނުވަތަ ’އައި ފިލްމްސް’ގެ އީ-މެއިލް   [email protected] އަށް މެއިލްކޮށްގެން ބައިވެރިވެވޭނެއެވެ.