-
-
ބ.ހިތާދޫ ކައުންސިލުން ޢިލްމީ ކުލާސްތަކެއް ފަށައިފި އައްޝައިޚް މުޙައްމަދު ޙަލީމް ކުލާހުގައި ކިޔަވާ ދެއްވަނީ

ބ.ހިތާދޫ ކައުންސިލުން ޢިލްމީ ކުލާސްތަކެއް ފަށައިފި

ބ.ހިތާދޫ ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަމާއި ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްސަދުގައި ހިތާދޫ ކައުންސިލުން އިންތިޒާމްކޮށްގެން އާންމުކޮށް ހުޅުވާލައިގެން ބާއްވާ ސިލްސިލާ ޢިލްމީ ކުލާސްތަކެއް ފަށައިފިއެވެ.

ADS BY FENVARU

ހުކުރު ދުވަހު މަޣުރިބު ނަމާދަށް ފަހު ފެށި މި ޢިލްމީ ކުލާހުގައި ކިޔަވާ ދެއްވަނީ އައްޝައިޚް މުޙައްމަދު ޙަލީމް އެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މި ކުލާސް ކޮންމެ ހުކުރު ދުވަހެއްގެ މަޣްރިބު ނަމާދަށް ފަހު ބ.ހިތާދޫ މަސްޖިދުލް މޫސާ ޢަލީގައި އޮންނާނެއެވެ.

އައްޝައިޚް މުޙައްމަދު ޙަލީމް ކުލާހުގައި ކިޔަވާ ދެއްވަނީ 

މި ކުލާހުގައި ކިޔަވާ ދެނީ ޝާފީ މަޛްހަބުގެ ބޮޑު އިމާމެއް ކަމަށްވާ އިމާމު އައްނަވަވީ ( ރަޙިމަހުﷲ ) ލިޔުއްވާފައިވާ الأربعون النووية ( ސާޅީސް ޙަދީޘް ) އެވެ. މި ފޮތަކީ ޙަދީޘް ފަންނުގައި މުހިންމު އަދި އަސާސީ ފޮތެކެވެ.