-
-
ރ.ފައިނު ކައުންސިލުން ދީނީ ދަރުސް ޕްރޮގްރާމެއް ފަށައިފި އައްޝައިޚް އާދަމް ޝަމީމް ދަރުސް ދެއްވަނީ / ފޮޓޯ: ފައިނު ކައުންސިލް ޕޭޖު

ރ.ފައިނު ކައުންސިލުން ދީނީ ދަރުސް ޕްރޮގްރާމެއް ފަށައިފި

ރ.ފައިނު ކައުންސިލުން އިންތިޒާމްކޮށްގެން ސިލްސިލާ ދަރުސް ޕްރޮގްރާމެއް ފަށައިފިއެވެ.

ADS BY FENVARU

ރ.ފައިނުގެ ރައްޔިތުންގެ މެދުގައި ދީނީ ކަންކަމަށް ލޯބި ޖެއްސުމާއި ދީނީ ކަންކަމުގެ މަޢުލޫމާތު ލިބިފައިވާ ހޭލުންތެރި ރައްޔިތުންތަކެއް އުފެއްދުމުގެ މަޤްސަދުގައި ފެށި މި ދަރުސް ޕްރޮގްރާމް ގެ ފުރަތަމަ ދަރުސް އޮތީ ހުކުރު ދުވަހުގެ ރެެއެވެެ.

ފައިނު ބަނދަރު މަތީގައި އޮތް މި ދަރުސުގައި ގިނަ ރައްޔިތުންގެ ބައިވެރިވެފައިވެއެވެ.

"އިސްލާމީ ވަޙުދަތުގެ މާތްކަމާއި މުހިންމުކަން" މި މައުޟޫއަށް ބޭއްވި މި ދަރުސް ދެއްވީ ޑރ. އާދަމް ޝަމީމް ބިން އިބްރާހީމް އެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މި ޕްރޮގްރާމް ގެ ދަށުން ކޮންމެ މަހަކު ޚާއްޞަ މަޢުޟޫޢު އަކަށް ދަރުސް އެއް ބޭއްވުމަށް ރ.ފައިނު ކައުންސިލުން ވަނީ ނިންމާފައެވެ.