-
-
އެވިޑްކޮލެޖްގެ ކެމްޕަސް ތިނަދޫގައި ހުޅުވާލައިފި

އެވިޑްކޮލެޖްގެ ކެމްޕަސް ތިނަދޫގައި ހުޅުވާލައިފި

އެވިޑް ކޮލެޖްގެ އާ ކެމްޕަސް ގދ.ތިނަދޫގައި ރަސްމީކޮށް ހުޅުވައިފިއެވެ.

ADS BY FENVARU

ގދ.ތިނަދޫގައި ރޭ ހުޅުވިގެން މިދިޔަ ކެމްޕަސްއާއެކު އެވިޑްކޮލެޖުން މަސައްކަތްކުރާނީ ތައުލީމީ ޚަޒާނާ ދުވަހެއް ދުވަހަކަށް އިތުރުކުރުން ކަމަށް އެވިޑް ކޮލެޖްގެ ޗެއާމަން އަބްދުﷲ މުސްތާޤް ރަޝާދު ވިދާޅުވިއެވެ.

ކެމްޕަސް ހުޅުވައިދެއްވަމުން ޗެއާމަން މުސްތާޤް ވިދާޅުވީ ތިނަދޫގައި އެވިޑްގެ ކެމްޕަސްއެއް ހުޅުވުމުގެ މައިގަނޑު އެއްސަބަބަކީ އޭނާގެ ބައްޕާފުޅުގެ މަސައްކަތް ދެމިއޮތުމަށް އިތުރު ކުރިއެރުމެއް ހޯދުން ކަމަށެވެ.

އިއްޔެއަކީ އެވިޑްކޮލެޖްގެ 15 ވަނަ އަހަރީ ދުވަހަށް ވެފައި ރޭގައި ކެމްޕަސް ހުޅުވިގެން ދިޔުމަކީ އެވިޑްކޮލެޖަށް ލިބުނު ކާމީޔާބީގެ ސިޑިއެއްކަން އެޖަލްސާގައި ފާހަގަކުރެވިގެން ދިޔައެވެ. ރާއްޖޭގެ 14 ރަށެއްގައި އެވިޑްކޮލެޖްގެ ސެންޓަރުތައް ހުޅުވިފައިވާއިރު ހަތަރު އަތޮޅުގައި މިވަނީ ކެމްޕަސްތައް ހުޅުވާފައެވެ.