-
-
ހަތްލައްކަ ރުޕީސްގެ ސާމާނު ހުރި ދަބަހެއް ފުލުހުންނާ ހަވާލުކޮށްފި

ހަތްލައްކަ ރުޕީސްގެ ސާމާނު ހުރި ދަބަހެއް ފުލުހުންނާ ހަވާލުކޮށްފި

ރިކްޝާއެއްގެ ތެރޭއިން ފެނުނު ހަތްލައްކަ ރުޕީސްގެ ސާމާނު ހުރި ދަބަހެއް ފުލުހުންނާ ހަވާލުކޮށްފިއެވެ.

ADS BY FENVARU

އިންޑިޔާގެ ރަށެއްކަމަށްވާ ޕޫނޭގެ ކޭޝަވް-ނަގަރުގައި ދެމަފިރިޔަކު ގެންގުޅުނު ދަބަހެއް ވަނީ ރިކްޝާއެއްގެ ތެރެއިން ފެނިފައެވެ. އެދަބަހުގައި 7 ލައްކަ އިންޑިޔާ ރުފިޔާގެ ސާމާނު ހުރިކަމަށް އިންޑިޔާގެ ފުލުހުންނާ ހަވާލާދީ އެގައުމުގެ މީޑިޔާތަކުގައިވެއެވެ.

މިދިޔަ ބުދަ ދުވަހު ދަތުރުތައް ނިންމާލުމަށްފަހު 60 އަހަރުގެ ޑްރައިވަރ ނާސްތާ ކުރަންވެގެން ރިކްޝާ ޕާކުކުރަނިކޮށް ރިކްޝާގެ ފަހަތު ޝީޓުން އޭނައަށް ދަބަސް ފެނުމުން، އެއީ ކާކުގެ ދަބަހެއް ކަން ނޭގުމުން އެދަބަސް އޭނާ ވަނީ ފުލުހުންނާ ހަވާލުކޮށްފާ ކަމަށް ރިޕޯޓްތަކުގައިވެއެވެ.

ފުލުހުން އެދަބަސް ބަލާ ޗެކްކުރިއިރު 20،000 ރުޕީސްގެ ނަގުދު ފައިސާ އާއި ރަނުގެ ގަހަނާ އަދި އަންނައުނުވެސް ހުއްޓެވެ. ދަބަހުގައި 7 ލައްކަ ރުޕީސްގެ އެއްޗެހި ހުރިކަމަށް ސަބްއިންސްޕެކްޓަރ ވިޖޭ ކަދަމް ވިދާޅުވިއެވެ.

މިދަބަސް ފުލުހުންނަށް ލިބުނުއިރު އެދަބަހުގެ ވެރިން ވަނީ އެދަބަސް ގެއްލިގެން ޕޫނޭގެ ހަދަސްޕޫރު ފުލުހުންނަށް ރިޕޯޓްކޮށްފައި ކަމަށާއި ވަގުތުން އެދަބަސް ވަނީ އޭގެ ވެރިފަރާތަށް ރައްދުކޮށްފައިކަމަށް އެގައުމުގެ މީޑިޔާތުކުގައި ބުނެފައިވެއެވެ. އަދި އެޑްރައިވަރުގެ ތެދުވެރިކަމަށް ހަދާނީ ލިޔުންވެސް ދީފައިވާކަމަށް މީޑިޔާތަކުން ބުނެއެވެ.

މިޑްރައިވަރަކީ ކުއްޔަށް ތަނެއް ހިފައިގެން ދިރިއުޅޭ ފަގީރު މީހެކެވެ. ފާއިތުވެގެން މިދިޔަ ދުވަސްތަކުގައި މީހުންގެ ފަރާތުން ލިބެމުންދާ ތައުރީފްގެ ބަސްތަކުން އޭނާ ހުންނަނީ ވަރަށް އުފާވެފައެވެ.

(ހިންދުސްތާން ޓައިމް)