-
-
ކޮޅުވެއްޓިއެއް ފަރަށް އަރައި ދިޔަމުންދަނިކޮށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

ކޮޅުވެއްޓިއެއް ފަރަށް އަރައި ދިޔަމުންދަނިކޮށް އެމްއެންޑީއެފްއިން އެހީތެރިކަން ފޯރުކޮށްދީފި

މާލެއިން ފުރައިގެން ހދ.ކުޅުދުއްފުއްޓަށް ދަތުރުކުރަމުންދިޔަ ކޮޅުވެއްޓިއެއް ފަރަށް އަރައިފިއެވެ.

ADS BY FENVARU

ހަތް މީހުންނާއެކު މާލެއިން ފުރައިގެން ދިޔަ 140 ފޫޓުގެ "ހެވީސްޓާރ" ކޮޅުވެއްޓި ށ.ނަލަންދޫ ފަރަށް އަރާފައިވާކަމަށް އެމްއެންޑީއެފްއިން ވިދާޅުވެއްޖެއެވެ. އަދި މިކޮޅުވެއްޓި މިހާރު ދިޔަވަމުންދާކަމަށާއި، ތަރައްގީގެ އެކި މަޝްރޫއުތަކަށް ބޭނުންވާ ސާމާނާއި ވެހިކަލްތައް ހިފައިގެން މާލެއިން ދަތުރު ފެށި މިކޮޅުވެއްޓި ފަރަށްއެރި މައުލޫމާތު ލިބިފައިވަނީ ރޭ ދަންވަރު 1.15 އެހާކަންހާއިރު ކަމަށް  ވިދާޅުވިއެވެ.

މި ކޮޅުވެއްޓީގައި އޭރު ތިބީ ތިން ދިވެހިންނާއި ހަތަރު ބިދޭސީންނެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށާއި ކޮޅުވެއްޓި ފުން ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.