-
-
ކުދިން ގޭގައިތިބެ ސްޓްރެސްވިޔަނުދީ: ޑރ.ފައިސަލް

ކުދިން ގޭގައިތިބެ ސްޓްރެސްވިޔަނުދީ: ޑރ.ފައިސަލް

ކުޑަކުދިން ގޭގައިތިބެ ސްޓްރެސް ވިޔަ ނުދިނުމަށާއި، ސްޓްރެސްވަންޏާ ފާހަގަ ކުރާނެގޮތް ޑރ.ފައިސަލް ބެލެނެވެރިންނަށް އިލްތިމާސްއެއް ދީފިއެވެ.

ADS BY FENVARU

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރ ޑރ.ފައިސަލް އަހުމަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވަނީ މާއަވަސްއަވަހަށް ފާހާނާއަށް ދިއުމާއި ބޮލާއި ކަނދުރާ އަދި ގައިގައި ރިއްސުން ފަދަ އަލާމާތްތައް ކުޑަކުދިންގެ ގައިން ފެންނަނީ، ކުދިން ގޭގައި ތިބެ ތިބެ ސްޓްރެސް ވާތީ ކަމަށެވެ.

“އެކަމަކު ޖެހޭނެ ބައްޔެއް އުޅޭތޯ ބަލަން، ދެ ކުއްޖެއްގެ ގައިން ހަކުރު ބަލި، އެއް ކުއްޖެއްގެ ގައިން ކެންސަރު ފެނިއްޖެ” ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.

ފުރަބަންދުގެ ދުވަސްތަކުގައި ކުދިން ކިޔެވުމާ ދުރުވެ ގޭގައިތިބެގެން ސްކްރީނާ ގާތްނުކުރަމަށާއި ވީހާވެސް ގިނައިން ކުދިން ކުޅިވަރުކުޅުމަށާއި ކަސްރަތަށް އަހުލުވެރިކުރުމަށް ޑރ.ފައިސަލް އިލްތިމާސްކޮށްފައިވެއެވެ.