-
-
ދިވެހި ފިލްމު "ބަޅިނދު"ގެ ރީޝޫޓިން ކުރިޔަށް އެބަގެންދަން: މޮގާ

ދިވެހި ފިލްމު "ބަޅިނދު"ގެ ރީޝޫޓިން ކުރިޔަށް އެބަގެންދަން: މޮގާ

ޑާކްރެއިންގެ "ބަޅިނދު"ގެ ކާސްޓަށް ބޮޑު ބަދަލުތަކަކާއެކު އެފިލްމުގެ ޝޫޓިން ފެށިގެން ކުރިޔަށް އެބަގެންދެއެވެ.

ADS BY FENVARU

ކޮވިޑްގެ ކަންތައްތަކާ ގުޅިގެން މިފިލްމުގެ ޝޫޓިންއޮތީ ހުއްޓާލެވިފައެވެ. ޝޫޓިން މެދުކަޑާލިއިރު ފިލްމުގެ 75 ޕަސެންޓް ނިމިފައިވާކަމަށް ޑާކް ރެއިންގެ ވެރިޔާ އަދި ޕްރޮޑިއުސަރ މުޙައްމަދު ޢަލީ (މޮގާ) ވަނީ މީޑިޔާއަށް މައުލޫމާތުދީފައެވެ.

މޮގާ ބުނާގޮތުގައި މިފިލްމުގެ ކާސްޓަށް ގެނެވުނު އެންމެ ބޮޑު ބަދަލަކީ މަޝްހޫރު އެކްޓަރ ޖުމައްޔިލް ނިމާލްގެ ބަދަލުގައި އެ ރޯލަށް، މަޝްހޫރު އެކްޓަރ ޢަލީ ޢާޒިމް (ދޮން އައްޔަ) ކަމުގައެވެ. އަދި ޖުމައްޔިލްގެ ހުރިހާ ޝޫޓްއެއް އަލުން ރީޝޫޓް ކުރަންޖެހޭ ކަމަށެވެ. އަދި ކާސްޓުންގެ ތެރޭގައި ސަރާގެ އިތުރުން މުޙައްމަދު ޔުނާންވެސް ހިމެނުނު ކަމުގައެވެ. ނަމަވެސް އެތަރިންގެ ބަދަލުގައި މިހާރު އެފިލްމުން ފެނިގެންދާނީ ދޮން އައްޔަ، މަޖޫ އަދި ނުޒޫ އާއި ފީޗާ ފިލްމެއްގައި ލީޑް ކުޅެފައިވާ ޝަރަފް ޢަބްދުﷲ ކަން ފާހަގަކޮށްލެވެއެވެ.

މިފިލްމުގެ ކާސްޓުގައި ހިމެނެނީ ޢަލީ އާޒިމް (ދޮން އައްޔަ)، އިސްމާޢީލް ޖުމައިހް (ޖުމާ)، އައިމިނަތު ރަޝްފާ (އާޝާ)، މަރްޔަމް މަޖުދާ (މަޖޫ)، އައިޝާ، ޝަރަފް ޢަބްދުﷲ، ނުޒުހަތު ޝުޢައިބް (ނުޒޫ)ގެ އިތުރުން ހުނޭޝާ އާދަމް ނަސީރުއެވެ.

މިފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާވެގެންވާ ބިރުވެރިފިލްމެކެވެ.

 

 

0 ޚިޔާލު