-
-
މަސްތުވާތަކެއްޗާއެކު ކިނބިދޫން މީހަކު ހައްޔަރުކޮށްފި 2013 ވަނަ އަހަރު ކިނިބިދޫ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުވައި ދެއްވުން- އޭރުގެ ހޯމް މިނިސްޓަރ ޑރ.މުޙައްމަދު ޖަމީލް އަޙްމަދާއި ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުﷲ ރިޔާޟް--- ފައިލްފޮޓޯ/ ޕޮލިސް

މަސްތުވާތަކެއްޗާއެކު ކިނބިދޫން މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއި އެކު ކޮޅުމަޑުލު ކިނބިދޫން މީހަކު ހައްޔަރު ކޮށްފި އެވެ.

ADS BY FENVARU

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން ގެންދަވާ މަސައްކަތުގެ ތެރެއިން ކިނބިދޫން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅަކާއެކު މީހަކު ހައްޔަރު ކޮށްފައިވާކަން ފުލުހުން ވަނީ ކަށަވަރު ކޮށް ދެއްވާފަ އެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ 32 އަހަރުގެ ދިވެހި ފިރިހެނެއްކަމުގަ އެވެ. އެމީހާ ހައްޔަރުކޮށްފައިވަނީ މިހިނގާ ސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހުގެ 19:44 އެހާކަންހާއިރު ތ. ކިނބިދޫ ރަށުތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް އޭނާގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެންކަމަށްވެސް ފުލުހުން ވިދާޅުވި އެވެ.

ފުލުހުން ވިދާޅުވީ މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ކަރުދާސްކޮޅު ފެނިފައިވަނީ އެމީހާ ހުއްޓުވައި، ބަލައިފާސްކުރަން އުޅުމުން އޭނާގެ އަތުން އެއްޗެއް ވައްޓާލިތަން ފުލުހުންނަށް ފެނުމާއި ގުޅިގެން އެވަގުތު އޭނާ ހުރި ތަން ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން ކަމުގަ އެވެ.

މި މައްސަލަ ތ. ކިނބިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުގީގު ކުރައްވަމުންނެވެ.

0 ޚިޔާލު