-
-
ޑާކްރެއިންގެ އާ ޕްރޮޖެކްޓްތައް އާއްމުންނާ ހިއްސާކޮށްލައިފި

ޑާކްރެއިންގެ އާ ޕްރޮޖެކްޓްތައް އާއްމުންނާ ހިއްސާކޮށްލައިފި

ޑާކްރެއިން އިން މިހާރު ހަދަމުންއަންނަ ފިލްމުތަކާއި އަދި ޝޫޓްކޮށް ނުނިމި ހުރި ފިލްމުތަކުގެ ލިސްޓެއް ޓުވިޓާ މެދުވެރިކޮށް އާއްމުންނާއި ހިއްސާކޮށްލައިފިއެވެ.

ADS BY FENVARU

މިއަހަރަށް ތާވަލްކޮށްފައިވާ ފީޗާ ފިލްމު "ނޮވެމްބަރ" ކޮވިޑްގެ ކަންތައްތަކާހުރެ މިހާރު މިވަނީ އަންނަ އަހަރަށް ފަސްކޮށްފައެވެ. އަދި ފިލްމު "ބަޅިނދު" އާއި "ބީވީމާ"ގެ ޝޫޓިން މިހާރު ކުރިޔަށް ގެންދާކަމަށް އެޕްރޮޑަކްޝަނުން މައުލޫމާތުދީފައިވެއެވެ.

 

ޑާކްރެއިން އިން އިއުލާންކޮށްފައިވާ ފިލްމުތަކުގެ ތެރޭގައި "ކައިވެނީގެ އަމާޒު" އާއި ރާއްޖޭގެ ފުރަތަމަ ބޮޑު ސްކްރީން ބައޮގްރަފިކަލް/ޕީރިއަޑް ޑްރާމާ "ރެހެންދި ހަދީޖާ" ހިމެނެއެވެ. އަދި އަލީ ޝިފާއު (ޗިއްޕެ) ޑައިރެކްޓްކުރާ މިނީ-ވެބް ސީރީޒް "ހަޝިވާ" އާއި ޗިއްޕެ ލިޔެ، ޑައިރެކްޓްކުރާ ޑާކް ރެއިން ކްރޮނިކަލްސް ސީޒަން އެކަކާއި ޑާކް ރެއިން އެންތޮލޮޖީ ސީޒަން އެކެކެވެ. އެ އެންތޮލޮޖީގެ ބައިތަކުގެ ތެރޭގައި ތޮލާލް ލިޔާ "ފުރޭތަ" އާއި މޫމިން ފުއާދުގެ "ބައިސާ" އަކީ މުޅިން އަލަށް އިއުލާންކުރި ޕްރޮޖެކްޓްތަކެވެ.

މީގެ 14 އަހަރުކުރިން ފިލްމީ ދާއިރާއަށް ތައާރަފްވި ޑާކްރެއިން އެންޓަޓެއިންމެންޓުންވަނީ ކާމިޔާބު އެތައް ފިލްމެއް ދިވެހިންގެ ތެރެޔަށް ދޫކޮށްލާފައެވެ. އަދި މިއީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ކާމިޔާބީ އަދި ހަރަކާތްތެރި ސްޓޯޑިއޯއެވެ.

 

 

 

 

0 ޚިޔާލު