-
-
ބައެއް މީހުން ސާމްޕަލް ނަގަން ދެކޮޅުހަދާ: ޑރ.ނަޒްލާ

ބައެއް މީހުން ސާމްޕަލް ނަގަން ދެކޮޅުހަދާ: ޑރ.ނަޒްލާ

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބައެއް ރަށްތަކުގައި މިހާރު ކުރިޔަށްގެންދާ އެކްޓިވް ސާވައިލެންސްގެ ތެރެއިން ބައެއް މީހުން ސާމްޕަލް ދިނުމަށް ދެކޮޅުހަދާކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވިދާޅުވެއްޖެއެވެ.

ADS BY FENVARU

ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ނަޒްލާ ވިދާޅުވީ މީގެ ކުރިން އުމުރުން ދުވަސްވީ މީހުން ސާމްޕަލް ނަގަން ދެކޮޅު ހަދާފައިވީނަމަވެސް މިހާރު އެކަހަލަ މައްސަލައެއް ދިމާނުވާ ކަމަށެވެ. އަދި މިބަލި ނެތް ރަށްތަކައި ބައެއް ބޭފުޅުންނަށް ހީވެފައި އޮންނަނީ އެރަށެއްގައި ބަލި ނެތުމުން ކޮންމެހެން ސާމްޕަލް ނަގަން ނުޖެހޭކަމަށެވެ. އެހެންކަމުން ސާމްޕަލް ދިނުމަށް ދެކޮޅުހަދާކަމަށް ނަޒްލާ ވިދާޅުވިއެވެ. ހާއްސަކޮށް ތުއްތުކުދިންގެ ސާމްޕަލް ނަގަން ބެލެނެވެރިން ޖެހިލުންވެ ދެކޮޅުހަދާކަންވެސް ފާހަގަކުރެއްވިއެވެ.

"އެހެން ނަމަވެސް ފާހަގަ ކޮށްލަން، ބައެއް ފަހަރު އެކްޓިވް ސަވައިލެންސް އިން އަޅުގަޑުމެން ސާމްޕަލް ނަގަން އުޅޭއިރު، ހާއްސަކޮށް ރަށްރަށުން ސާމްޕަލް ނަގަން އުޅޭ އިރު ބައެއް ބޭފުޅުން އެބަ ދެކޮޅު ހައްދަވާ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒްލާ ފާހަގަކުރެއްވި ގޮތުގައި ބަލި އުޅޭކަން ދެނެގަނެވޭނީ ފްލޫ ކްލިނިކަށް ދާމީހުންނާއި ސާވައިލެންސް ސާމްޕަލް ނަގައިގެންނެވެ. އަދި ސާމްޕަލް ނެގުމުގައި އެއްބާރުލުންދީ ކިޔަމަންތެރިވުމަށް ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

 

0 ޚިޔާލު