-
-
ޖަންގަލިތައް ރޯވެ އެތަކެއް ދިރިއުޅުން އަދާއަޅިޔަށް ވެއްޖެ.

ޖަންގަލިތައް ރޯވެ އެތަކެއް ދިރިއުޅުން އަދާއަޅިޔަށް ވެއްޖެ.

އެމެރިކާގެ ވެސްޓް ކޯސްޓުގެ ޖަންގަލިތަކުގައި އެތައް ބަޔަކު މަރުވެ، މީހުން ވީނުވީ ތަނެއް ނޭގި ގެއްލި އަދި އެތައް ބަޔެއްގެ ގެދޮރު އަދާ އަޅިޔަށްވުމުގެ ސަބަބުން ގިނައަދަދެއްގެ މީހުން ހާލުގައި ޖެހިއްޖެއެވެ.

ADS BY FENVARU

މިއަލިފާނުގެ އަސަރު ކުރި ރަށްތަކުގެ ތެރޭގައި ކެލިފޯނިޔާ، އޮރެގަން އަދި ވޮޝިންޓަން ހިމެނެއެވެ. އަދި އައިޑަހޯގައި 12 ސަރަހައދަކާއި، މޮންޓާނާގައި ނުވަ ސަރަހައްދެއް ހިމެނޭ ކަމަށް ނެޝަނަލް އިމަޖެންސީ ފަޔަ ސެންޓަރުން ބުނެފައިވެއެވެ. އޮރެގަންއިން އެކަނިވެސް އެތައް ހާސް ބަޔަކު ގެދޮރު ދޫކޮށް ވަނީ ގޮސްފައެވެ. ވޮޝިންޓަންގެ އިރުމަތީ އަވަށެއްގައި ވަނީ އަލިފާނުގެ ސަބަބުން އެތަނުގެ ގެތަކުގެ 80 ޕަސެންޓް ހަލާކުވެފައެވެ.

މިދިޔަމަހު މެދެއްހާ ހިސާބު ރޯވި މިއަލިފާންގަނޑު އެކި ސަރަހައްދުތަކަށް ފެތުރި މިހަފްތާ ތެރޭ އެއް އަހަރުގެ ކުޑަކުއްޖަކުވެސް އަލިފާނުގައި މަރުވެގެން ހިގައްޖެއެވެ.

ވެސްޓް ކޯސްޓުގައި ރޯވި އަލިފާންގަނޑުގެ ދުމުގެ އަސަރު މިހާރުވަނީ އީސްޓް ކޯސްޓަށްވެސް ފޯރާފައެވެ. އަދި ނިޔޯކަށްވެސް ވަނީ ދުމުގެ އަސަރުކޮށްފައި ކަމަށް ރިޕޯޓްތަކުގައި ބުނެއެވެ.
(އެންބީސީ ނިއުސް)

 

 

 

0 ޚިޔާލު