-
-
އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ޑީ ކެޓެގެރީ ވަގުތީ ލިސްޓު އާއްމުކޮށްފި

އައްޑޫ ސިޓީގައި އިމާރާތްކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން ޑީ ކެޓެގެރީ ވަގުތީ ލިސްޓު އާއްމުކޮށްފި

އައްޑޫސިޓީގައި އިމާރާތްކޮށްފައިވާ 264 ފްލެޓްގެ ތެރެއިން، ޑީ ކެޓެގެރީގެ 32 ފްލެޓްގެ ވަގުތީ ލިސްޓު އާއްމުކޮށްފިއެވެ.

ADS BY FENVARU

ޑީ ކެޓެގެރީގައި ހިމެނޭ 32 ފްލެޓަށް އެދި ފޯމް ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތުހަމަވެ ޕޮއިންޓު ދިންގޮތުގެ ތަފްސީލު އައްޑޫސިޓީ ކައުންސިލުން މިއަދު އިއުލާންކޮށްފިއެވެ. 32 ފްލެޓަށް އެދި 835 މީހުން ވަނީ ފޯމްހުށަހަޅާފައެވެ.

ފްލެޓްގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ވަނީ ހުޅުވާލެވިފައެވެ. ސުންގަޑިޔަކީ މިމަހު 24 އެވެ. ޝަކުވާ ހުށަހަޅާ ފޯމް ފުރިހަމަ ކުރުމަށް ފަހު އައްޑޫ ސިޓީ ކައުންސިލަށް ނުވަތަ ހިތަދޫ، މަރަދޫ، މަރަދޫފޭދޫ، ފޭދޫ އަވަށު އޮފީހަށް ހުށަހެޅުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ފްލެޓް ލިބޭ ފަރާތްތަކުންގެ ލިސްޓު އާންމުކުރެވޭނީ ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ނުވަތަ ސާފު ނުކުރާ މައުލޫމާތުތަކަށް ބަލައި ލިސްޓަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެ ބަދަލެއް ގައުމަށް ފަހުގައި ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުންޏެވެ.

އައްޑޫ ސިޓީ ހިތަދޫގައި އިމާރާތްކޮށްފައިވާ 264 ފްލެޓްތަކުގެ ތެރެއިން ހިތަދޫ ރައްޔިތުންނަށް 150 ފްލެޓް، މަރަދޫ އާއި މަރަދޫ ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 30 ފްލެޓް، ފޭދޫ އަވަށުގެ ރައްޔިތުންގެ ތެރެއިން ހިތަދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް 50 ފްލެޓް އަދި ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓްގެ ތެރެއިން، ހުޅުދޫ އާއި މީދޫ އަވަށުގެ ރައްޔިތުންނަށް 23 ފްލެޓާއި، ހުޅުދޫ، މީދޫ އަވަށަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައި ވަނީ 15 ފްލެޓްކަމަށް ކައުންސިލުން މައުލޫމާތުދިނެވެ.

 

0 ޚިޔާލު