-
-
ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އިސްލާހު ގެނެސް ޕާޓީތައް ސަސްޕެންޑް ކުރެވޭގޮތަށް ހަދަނީ އިލެކްޝަން ކޮމިޝަންގެ ތަރުޖަމާނު އަހްމަދު އަކްރަމް މިއަދު ނޫސްވެރިންނަށް މައުލޫމަތު ދެއްވަނީ

ސިޔާސީ ޕާޓީތަކުގެ ގަވައިދަށް އިސްލާހު ގެނެސް ޕާޓީތައް ސަސްޕެންޑް ކުރެވޭގޮތަށް ހަދަނީ

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ހުށަހެޅުމަށް ޑްރާފްޓެއް އެކުލަވާލައި ބަންޑާރަނައިބު އޮފީހަށް ފޮނުވުމުގެ މަސައްކަތް ކުރިޔަށް ގެންދާކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ADS BY FENVARU

އީސީގެ ނައިބު ރައީސް އަހުމަދު އަކުރަމް ވިދާޅުވީ މިއިސްލާހުގެ ދަށުން ސިޔާސީ ޕާޓީތައް ސަސްޕެންޑް ކުރެވޭނެކަމުގައެވެ. މިހާރު އޮތް ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީތައް ސަސްޕެންޑް ނުކުރެވޭނެއެވެ. އެހެންނަމަވެސް ޕާޓީ ޖޫރިމަނާކޮށް އުވާލެވޭނެއެވެ.

އަކްރަމް ވިދާޅުވާ ގޮތުގައި ޕާޓީއެއް ގާނޫނުގައި ބުނާ މުއްދަތެއްގައި ކުރަން ޖެހޭ ކަމެއް ނުކޮށްފިނަމަ އެކަން ރަނގަޅު ކުރުމަށް ވަކި މުއްދަތެއްދީ ޕާޓީ ސަސްޕެންޑް ކުރެވޭ ބާރު މިއިސްލާހުގެ ދަށުން އެކޮމިޝަނަށް ލިބިގެންދާނެކަމަށެވެ.

"މިސާލަކަށް ގާނޫނުގައި އެބަ ބުނޭ، ކޮންމެ ފަސް އަހަރަކުން ކޮންގްރެސް ބާއްވަން. ނުބާއްވައިފި ނަމަ ޕާޓީ އުވާލަން ވާނޭ. އެހެންވީމަ މިހާރު މި ގެންނަން އުޅޭ އިސްލާހަކީ ވަކި މުއްދަތެއްގެ ތެރޭ ކުރަން ޖެހޭ ކަމެއްނުކޮށްފި ނަމަ ޕާޓީ ސަސްޕެންޑް ކުރުމުގެ ބާރު. ކޮންގްރެސް ނުބާއްވައިގެން ސަސްޕެންޑްކޮށްފިނަމަ، އެމީހުނަށް ބޭއްވޭނީ ކޮންގްރެސް. އިތުރު ސިޔާސީ ހަރަކާތެއް އެ މުއްދަތުގައި ނުބޭއްވޭނެ،" އަކްރަމް ވިދާޅުވިއެވެ.

މީގެ އިތުރުން މިއިސްލާހުގައި ހިމެނޭ އަނެއް ބަދަލަކީ ސިޔާސީ ޕާޓީތަކުގެ ލީޑާޝިޕްގައި 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމާއި ސިޔާސީ ޕާޓީތަކަށް ފައިސާ ދިނުމުގައި ޕާޓީތަކަށް އިންތިހާބުތަކުގައި ލިބޭ ވޯޓުގެ އަދަދަށް ބަލައި، ޕާޓީތަކަށް ފައިސާ ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވާނެއެވެ. އަދި ޕާޓީތަކުން އެ ފައިސާ ހަރަދުކުރާ ގޮތް ބެލުމުގެ ގާނޫނީ ބާރުވެރިކަން ދިނުމަށްވެސް ޑްރާފްޓްގައި ހިމަނާފައިވާނެ ކަމަށް އަކްރަމް ވިދާޅުވިއެވެ.

ޕާޓީތަކުގެ ގާނޫނަށް ގެންނަން ބޭނުންވާ ބަދަލުތަކާއެކު މި ޑްރާފްޓްގެ މަސައްކަތްތައް ފަށަމުންވެސް ސިޔާސީ ޕާޓީތަކާ މަޝްވަރާ ކުރެވުނު ކަމަށާއި ޑްރާފްޓް ނިންމާފަ ބަންޑާރަ ނައިބް އޮފީހަށް ހުށަހެޅުމުގެ ކުރިން ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ހޯދާނެކަމަށް އަކްރަމް ވިދާޅުވިއެވެ.

 

0 ޚިޔާލު