-
-
ގައްދޫ ހޯމްކަރަންޓީނުގައި ހުރި މީހަކު ކޮވިޑްއަށް ފައްސިވެއްޖެ

ގައްދޫ ހޯމްކަރަންޓީނުގައި ހުރި މީހަކު ކޮވިޑްއަށް ފައްސިވެއްޖެ

ގދ.ގައްދޫއިން މީހަކު ކޮވިޑްއަށް ފައްސިވެއްޖެއެވެ.

ADS BY FENVARU

ގައްދޫ ހޯމްކަރަންޓީނުގައި ހުރި 45 އަހަރުގެ ބަންގްލަދޭޝް މީހަކު ކަރަންޓީނުގެ މުއްދަތު ހަމަކުރުމަށްފަހު ޓެސްޓު ހެދުމުން ވަނީ ކޮވިޑްއަށް ވަނީ ފައްސިވެފައެވެ.

ގައްދޫ ކައުންސިލް މެންބަރު އަބްދުﷲ އާމިރު މީޑިޔާއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުރަބަންދުގެ މުއްދަތު ހަމަވެގެން އެމީހާގެ ސުންކު ނަގާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި އެއީ އެރަށު ސްކޫލުގައި މަސައްކަތް ކުރަމުންދާ މީހެއް ކަމަށެވެ.

އެމީހާއަކީ ހޯމްކަރަންޓީނުގައި ހުރި މީހެއްކަމުން އެރަށުގައި މިބަލި ފެތުރިގެން ދިޔުން ކުޑަކަމުގައި އާމިރު ވިދާޅުވިއެވެ.

ގައްދޫއިން ފެނުނު ކޭސްގެ ކޮންޓެކްޓް ޓްރޭސިންގ ހެދުމުގެ މަސައްކަތް ޓާސްކު ފޯސްއާ ގުޅިގެން ކައުންސިލުން ދަނީ ކުރިޔަށް ގެންދަމުންނެވެ.

"އަޅުގަނޑުމެން މިދަނީ ރައްޔިތުންގެ ރައްކާތެރިކަމަށް ފިޔަވަޅުތައް އަޅަމުން. އިރާދަކުރެއްވިއްޔާ ރަށަކަށް ނެތް އެމީހާ ފައްސިވުމުގެ ސަބަބުން މާބޮޑު ބިރުވެރިކަމެއް" އާމިރު ވިދާޅުވިއެވެ.

އެރަށުގެ ކައުންސިލާއި ޓާސްކުފޯސްއިންދަނީ ރަށުގައި ރައްކާތެރިކަމުގެ ފިޔަވަޅުއަޅަމުން ކަމަށާއި ކޮވިޑްއަށް ފައްސިވި މީހާގެ ސަބަބުން އެރަށުގައި މާބޮޑު ބިރުވެރި ކަމެއް ނެތްކަމަށް ކައުންސިލުން ވިދާޅުވިއެވެ.