-
-
ބޭލް އެނބުރި ޓޮޓެންހަމް އަށް

ބޭލް އެނބުރި ޓޮޓެންހަމް އަށް

ޓޮޓެންހަމް ގައި ހުރެފައި 2013 ވަނަ އަހަރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާ ގެ ގޮތުގައި ރެއާލް މެޑްރިޑަށް ބަދަލުވި ވޭލްސް ގެ ގެރެތު ބޭލް ، ލޯނެއްގެ ދަށުން އެނބުރި ޓޮޓެންހަމް އަށް އަތުވެއްޖެ އެވެ.

ADS BY FENVARU

31 އަހަރު ގެ ބޭލް ވަނީ ރެއާލް މެޑްރިޑް ގައި ހޭދަ ކުރި 7 އަހަރު ތެރޭގައި ޗެމްޕިއަންސްލީގު 4 ފަހަރު ހޯދާ ، ލަލީގާ 2 ފަހަރު ކާމިޔާބުކޮށްފަ އެެވެ. އަދި ފީފާ ކްލަބް ވޯލްޑް ކަޕް ވެސް 3 ފަހަރު ކާމިޔާބުކޮށްފާވެއެވެ.

ރެއާލް މެޑްރިޑަށް 171 މެޗު ކުޅެދީ 80 ގޯލު ބޭލް ވަނީ ޖަހައިދީފައެވެ.

ބޭރުގެ ކުޅިވަރު ހަބަރުތައް ބުނާގޮތުން ބޭލް ޓޮޓެންހަމް އާ ގުޅުނީ ދިގު މުއްދަތަކަށެވެ .

މި ސީޒަންގައި ޓޮޓެންހަމް ވަރުގަދަ ކުރުމަށް  މިދިޔަ ސީޒަން ގައި ސެވިއްޔާ އަށް ކުޅުނު ޑިފެންޑަރު ސާޖިއޯ ރެގުއިލް ވެސް ވަނީ ޓޮޓެންހަމް އާ ގުޅިފައެވެ.