-
-
އަޅާފައިވާ ފިޔަވަޅުތަކަށް އަދި ލުޔެއް ދެވެންނެތް: ޑރ.އަހުމަދު ޝާހިދު

އަޅާފައިވާ ފިޔަވަޅުތަކަށް އަދި ލުޔެއް ދެވެންނެތް: ޑރ.އަހުމަދު ޝާހިދު

ކޮވިޑްއާ ގުޅިގެން އަޅާފައިފާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުޔެއްދެވެން އަދި ނެތްކަމަށް އެޗްޕީއޭއިން އަންގައިފިއެވެ.

ADS BY FENVARU

ރޭ ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.އަހުމަދު ޝަހީދު ވިދާޅުވީ މިދިޔަ އޮގަސްޓު މަހަކީ ރާއްޖޭގައި ކޮވިޑްގެ ކޭސްތައް ނިސްބަތުން ބަލާއިރު އިތުރުވެފައި ވާކަމަށާއި އެހެންނަމަވެސް މިމަހު އެދެވިގެންވާ ބަދަލުތަކެއް އަންނަ މަންޒަރު ފެންނަކަމުގައެވެ. އަދި ފްލޫކްލިނިކްތަކުން ފެންނަ ކޭސްތަކުގެ އަދަދު މަދުކަން ފާހަގަކުރެއްވިއެވެ. އަދި ހަމައެހެންމެ އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ އަދަދު މަދުވަމުންދާކަމަށް ވިދާޅުވިއެވެ.

ފާއިތުވީ މަހުގައި 12 މީހަކު ކޮވިޑް ޖެހިގެން މަރުވެފައިވާއިރު މިމަހު މިހާތަނަށް އެބަލީގައި މަރުވެފައިވަނީ ފަސްމީހުންނެވެ. ނަމަވެސް ހަފްތާއަކު ހަތަރު މީހަކު މަރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ޝަހީދު ވިދާޅުވިއެވެ. އެހެންކަމުން ރާއްޖޭގައި މިވަގުތު އަޅާފައިވާ ފިޔަވަޅުތަކަށް އަދި ލުޔެއް ދެވެން ނެތްކަމަށް ވިދާޅުވިއެވެ.

"އަދިވެސް ނަންބަރުތަށް ދަށަށް ދަނީއޭ ބުނަން ދަތި. އަޅުގަނޑު ބުނާނީ އަދަދުތައް ކޮންމެވެސް ވަރަކަށް ސްޓޭބަލްވާ ކަމުގެ ނިޝާންތައް އެބަފެނެއޭ. އަދި ދަށަށް ދަނީއޭ ބުނަން ތަންކޮޅެއް އަވަސް. އެހެންވީމަ އެޗްޕީއޭއިން އަޅާފައިވާ ފިޔަވަޅުތަކަށް ދުލެއް ދެވޭކަށް ނޯންނާނެ. ފިޔަވަޅުތަކާ ދޭތެރޭ ފަރުވާ ކުޑަކޮށްގެން އެއްގޮތަކަށްވެސް ރަނގަޅެއް ނުވާނެ،" ޝަހީދު ވިދާޅުވިއެވެ.

އޮގަސްޓުމަހުގައި ކޭސްތައް ގިނަވެގެން ދިޔުމާއި ގުޅިގެން ފިޔަވަޅުތައް ވަނީ އިތުރުކޮށްފައެވެ. އެގޮތުން ރޭގަނޑު 8އިން ފަތިހު 5 އަށް ވެހިކަލް ދުއްވުން މަނާކޮށް ރޭގަނޑު 10 އިން ފަތިހު 5އަށް ކާފިއު އިއުލާންކޮށްފައިވާތީ، ހޮޓާ، ފިހާރަތައް ބަންދު ކުރާ ގަނޑިތަކަށްވެސް މިވަނީ ބަދަލު އައިސްފައެވެ.

މިބަލީގައި އެންމެ ރިސްކުބޮޑީ އުމުރުން ދުވަސްވީ މީހުންނަށް ކަމަށްވާތީ، އެމީހުންގެ ރައްކާތެރިކަމަށް ހާއްސަ ސަމާލުކަމެއް ދޭން ޝާހިދު ވިދާޅުވިއެވެ.