-
-
އެމްޑީއެން އަދި އުތެމަ މައްސަލައިގެ ތަހުގީގުގެ ތަފުސީލުތައް ލިޔުމުން ހޯދުމަށް އެދި ރައްޔިތުންގެ އިއްތިހާދުގެ ސިޓީއެއް ފުލުހަށް ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ޕްރޮސެކިޔުޓަރ ޖެނެރަލާ ދާދިފަހުން ބައްދަލުކުރެއްވުމުގެ ތެރެއިން

އެމްޑީއެން އަދި އުތެމަ މައްސަލައިގެ ތަހުގީގުގެ ތަފުސީލުތައް ލިޔުމުން ހޯދުމަށް އެދި ރައްޔިތުންގެ އިއްތިހާދުގެ ސިޓީއެއް ފުލުހަށް

މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ތަހުގީގުކުރަށްވަން ފައްޓަވާފައިވާ އެމް.ޑީ.އެން އާއި އުތެމަގެ މައްސަލަ މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ އާއި، މައްސަލައާގުޅިގެން މިހާތަނަށް ފުލުހުން ކުރިއަށް ގެންދަވާފައިވާ ތަހުގީގުގެ ތަފުސީލުތައް ލިޔުމަކުން ހޯދުމަށް އެދި، މަދަނީ ގިނަ ޖަމިއްޔާތަކެއް އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިޙާދު ހަރަކާތުގެ ފަރާތުން ފުލުހަށް ސިޓީއެއް ފޮނުވައިފިއެވެ.

ADS BY FENVARU

މާތް ރަސޫލާ އަށް ފުރައްސާރަކުރި އެމް.ޑީ.އެންގެ މައްސަލައާއި އޭގެ ފަހުން އެމް.ޑީ.އެންގެ ރިޕޯޓަށް ތާޢީދުކޮށް އަދި ޒިނޭ ހުއްދަކުރުމާއި އެނޫންވެސް އިސްލާމް ދީނާއި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާ ޚިލާފު އެތައް ކަމެއް ހިމަނައިގެން ރިޕޯޓުތައް ނެރެފައިވާ އުތެމަގެ ފައުންޑަރުންނަށް ފިޔަވަޅު އެޅުމަށް އެދި މިމަހުގެ 5 ވަނަ ދުވަހު އެހަރަކާތުގެ ފަރާތުން ޕްރޮސެކިއުޓަރ ޖެނެރަލް އާއި ބައްދަލު ކުރި ކަމަށާއި، އަދި އެބައްދަލުވުމުގައި ޕީޖީން ލަފާ ދެއްވީ، އެމައްސަލަތަކުގެ  ފުލުހުންގެ ތަހުގީގު މިހާރު ގޮސްފައިވާ ހިސާބު ފުލުހުންނަށް ލުމަކުން ހުށައަޅައިގެން އެކަމުގެ ތަފްސީލު ހޯދުމަށް ފަހު، ފުލުހުންގެ ފަރާތުން ލިބޭ ޖަވާބާއި ލިޔެކިއުންތަކާ އެކު އަލުން މައްސަލަ ޕީޖީއަށް ހުށައެޅުމަށްކަމަށްވެސް، ރަޖިސްޓްރީ ކޮށްގެން ރާއްޖޭގައި ހަރަކާތްތެރިވާ 26 މަދަނީ ޖަމިއްޔާއަކުން މި އަދު ފުލުހަށް ފޮނުވި މިސިޓީގައި ބަޔާންކޮށް ބުނެފައިވެއެވެ.

ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ފުލުހުންނަށް ފޮނުވި މި ސިޓީގައި އެދިފައި ވަނީ، މޯލްޑިވްސް ޕޮލިސް ސާރވިސަސްއިން ތަހުގީގު ފަށާފައިވާ އެމް.ޑީ.އެން އާއި އުތެމަގެ މައްސަލަ މިހާރު އޮތީ ކިހާ ހިސާބެއްގައިތޯ އާއި އަދި ސުވާލު ކުރެވުނީ ކޮންކޮން ބޭފުޅުންނާއިތޯ އާއި މިހާތަނަށް ކުރިއަށް ގޮސްފައިވާ ތަޙްޤީޤީ ތަފްޞީލުތައް ލިޔުމަކުން އެޖަމިއްޔާތަކަށް އަންގަވައި ދެއްވުމަށެވެ.

އިސްލާ ދީނަށް ތައުހީނުކުރިކަން ތަހުގީގަށްވެސް ސާބިތުވެފައިވާ ކަމަށް މީގެ ކުރިންވެސް ފުލުހުން ހާމަކުރަށްވާފައިވާ އެމްޑީއެން މައްސަލާގައި، ދިވެހިރާއްޖޭގެ ގާނޫނުތަކާއިވެސް ޚިލާފަށް އެފަދަ ޖަރީމާއެއް ހިންގި ފަރާތްކާމެދު ގާނޫނީ އެއްވެސް ފިޔަވަޅެއް އެޅިފައިނުވާތީވެ އެކަމާ ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގެ އެތަކެއް މަދަނީ ޖަމިއްޔާތަކާއި އިދާރީ ލޯކަލް ކައުންސިލްތަކުންވެސް ކަންބޮޑުވުން ފާޅުކޮށް ބަޔާންތައް ނެރެފައިވެއެވެ.

އެމްޑީއެން ރިޕޯޓާއި ގުޅިގެން ރާއްޖޭގެ ދީނީ ޢިލްމުވެރިން އެކަތިގަނޑަކަށްވެ އެކުލަވާލި ޢިލްމުވެރިންގެ ގުޅުން ޖަމާޢަތުގެ ފަރާތުން އިސްވެއޮވެ ކުރިއަށްގެންދިޔަ ހަރަކާތްތަކުގެ ސަބަބުން، ނަމަކަށްނަމަވެސް އެމްޑީއެން އުވާލަން ސަރުކާރަށް މަޖްބޫރުވެގެން ގޮސް އެ ޖަމާޢަތުގެ ނަން ވަނީ ދަފްތަރުން އުނިކުރެވި ފައެވެ. ނަމަވެސް ހަޑިމުޑުދާރު އެޢަމަކު ހިންގުމުގައި ޢަމަލީގޮތުންނާއި މަދަދީ ގޮތުން ބައިވެރިވި އެއްވެސް ފަރާތަކަށް ގާނޫނީ ފިޔަވަޅެއް އެޅިފައި ނުވަނީސް އެފަދަ އެހެން ހަރަކާތްތައް އުފަންވެގެން ދާން ފެށުމާއެކު، އެމްޑީއެން މައްސަލާގައި ޝާމިލުވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅުތައް އެޅި އެފަދަކަންކަން މި މުޖުތަމަޢުގައި ތަކުރާރުވިޔަ ނުދިނުމަށް ގޮވާލައި އެކަމުގައި ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކުރުމަށް މަދަނީ ޖަމިއްޔާތައް އެކުވެގެން އުފައްދާފައިވާ ރައްޔިތުންގެ އިއްތިހާދުގެ ފަރާތުން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދެއެވެ.

އެތަކެއް ފަހަރެއްގެ މަތީން އިސްލާމިކް މިނިސްޓަރާ ބައްދަލުކުރުމަށް އެދި އެހަރަކާތުގެ ފަރާތުން ސިޓީ ފޮނުވާފައިވެއެެވެ. ދެ ފަހަރެއްގެ މަތިން އެދުމުންވެސް އިސްލާމިކް މިނިސްޓަރު ބައްދަލުކުރަށްވާފައި ނުވާތީވެ ތިންވަނަ ފަހަރަކަށްވެސް އެކަމަށް އެދި އެ ހަރަތާކުގެ ފަރާތުން ދާދިފަހުންވެސް އިސްލާމިކް މިނިސްޓަރަށްވެސް ސިޓީއެއް ފޮނުވާފައިވެއެވެ.

އިސްލާމް ދީނަށް އިންތިހާއަށް ނަސްރުދެވިގެން ރާއްޖޭގައި މީގެ ކުރިން ހެދި މިހިނދުވެސް ޢަމަކުކުރެވެމުން ދާ ގާނޫނުތަކަށް ބަލާއިރު، އަދި އެމްޑީއެން ރިޕޯޓަކީ އިސްލާމް ދީނަށް ތައުހީނުކޮށްފައިވާ ރިޕޯޓެއްކަން ފުލުހުންވެސް ހާމަކޮށްފައިވާއިރު، އެ ޢަމަލު ސާބިތުވާ ފަރާތްތަކުގެ މައްޗަށް އަހަރުތަކަކަށްވެސް ޖަލު ޙުކުމް އަންނާނެފަދަ ޢުޤޫބާތްތައް ރާއްޖޭގެ ގާނޫނުގައި އަދިވެސް ކަނޑައެޅިފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.