-
-
ކޮވިޑް-19: ރާއްޖެއިން 34 ވަނަ މީހަކު މަރުވެއްޖެ

ކޮވިޑް-19: ރާއްޖެއިން 34 ވަނަ މީހަކު މަރުވެއްޖެ

އުމުރުން ދުވަސްވީ މީހަކު ކޮވިޑް ޖެހިގެން މަރުވެއްޖެއެވެ.

ADS BY FENVARU

އެޗުޕީއޭއިން ދާދި ދެންމެއަކު ކުރި ޓްވީޓެއްގައި ވިދާޅުވެފައިވާ ގޮތުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ކޮވިޑްއަށް ފަރުވާ ދެމުންދިޔަ އުމުރުން 90 އަހަރުގެ ފިރިހެނަކު ވަނީ ނިޔާވެފައެވެ.

އެމީހާ ނިޔާވެފައިވަނީ ރޭ ދަންވަރު 1.25 އެހާކަންހާއިރު ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ. އެހެންކަމުން މިބަލީގައި ރާއްޖެއިން މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 34 އަށް އަރާފައެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތަކަށް ބަލާއިރު ކޮވިޑް ޖެހިގެން ހޮސްޕިޓަލުތަކުން ފަރުވާ ހޯދަމުންދާ 107 މީހުންނާއި 686 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.