-
-
ފްލެޓްގެ ވަގުތީ ލިސްޓަށް މުއިއްޒުގެ ކަންބޮޑުވުން ފާޅުކުރުމުން ރޮޒައިނާގެ ވަރުގަދަ ރައްދެއް މުއިއްޒުއަށް

ފްލެޓްގެ ވަގުތީ ލިސްޓަށް މުއިއްޒުގެ ކަންބޮޑުވުން ފާޅުކުރުމުން ރޮޒައިނާގެ ވަރުގަދަ ރައްދެއް މުއިއްޒުއަށް

ހުޅުމާލޭ ފްލެޓްގެ ވަގުތީ ލިސްޓާމެދު ކުރީގެ ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރުމުން، ރައްޔިތުންގެ މަޖިލިހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައްދު ދެއްވައިފިއެވެ.

ADS BY FENVARU

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި އަޅާފައިވާ "ހިޔާ" ފްލެޓްތަކުގެ މާލެ ދަފްތަރު ކެޓެގެރީގެ ލިސްޓާމެދު ކުރީގެ ހައުސިން މިނިސްޓަރ ކަންބޮޑުވުން އޮތްކަން ވަނީ ވިދާޅުވެފައެވެ. ލިސްޓާބެހޭގޮތުން ސުވާލުތަކެއް އުފައްދާފައެވެ.

މުއިއްޒުގެ ކުރެއްވި ޓްވީޓަށް ރައްދު ދެއްވަމުން ރޮޒައިނާ  ވިދާޅުވީ ހައުސިން މިނިސްޓަރު ކަމުގައި މުއިއްޒު ހުންނެވިއިރު އާއްމުކޮށްފައިވަނީ ހުސްނަންބަރު ޖަހާފައިވާ ލިސްޓެއްކަމަށާއި ލިސްޓުގައި ތިބި ބައެއް ނަންތައް މަޖުލީހަށް ހިއްސާ ނުކުރާ ކަމަށެވެ. އަދި މިސަރުކާރުން އާއްމުކުރި ލިސްޓަށް އާއްމުންގެ ކަންބޮޑުވުން ފާޅުކުރުމަށްޓަކައި ފުރުސަތު ހުޅުވާލާފައިވާކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ކުރީގެ ސަރުކާރުން ފްލެޓްތައް ދޫކުރުމުގައި އިންސާފުވެރިނޫންކަމަށް ބުނެ މިސަރުކާރުން ވަނީ ރައީސް އޮފީހުގައި ފްލެޓްލިބޭ މީހުން ކަޑައެޅުމަށް ހާއްސަ ކޮމެޓީއެއް އުފައްދާފައެވެ. މިސަރުކާރުން އިއުލާންކުރި ދަފްތަރު ކެޓެގަރީ ފްލެޓްތަކަށް ޕޮއިންޓު ލިބުނު އަދަދާއި ސަރުކާރުގެ ފްލެޓްކޮމެޓީގެ އިވެލުއޭޝަން މާކްސް އެގޭގޮތަށް ވަނީ ވަގުތީ ލިސްޓު އާއްމުކޮށް ޝަކުވާ ހުށަހަޅަން ފުރުސަތުދީފައެވެ.