loading ...
loading ...
ކާމިޔާބު ލިބޭނީ ކާކަށްހެއްޔެވެ؟ 2

ކާމިޔާބު ލިބޭނީ ކާކަށްހެއްޔެވެ؟ 2

0 comment

ކާމިޔާބު ލިބޭނީކާކަށް ހެއްޔެވެ؟ ދެވަނަބައި

އިބްނު ކަޘީރު ވިދާޅުވެފައިވެއެވެ. މިދުނިޔެއާއި އާޚިރަތުގެ ނަޞްރާއި ނަސީބަށް އެދޭމީހާ މާތްﷲއަށް ކިޔަމަންގަތުމުގައި ސާބިތުވާށެވެ. އޭނާގެ އެދެން އެކަލާނގެ ފުރިހަމަކޮށްދެއްވާނެއެވެ. އެހެނީ މި ދިރިއުޅުމާއި އަންނަންއޮތް ދިރިއުޅުން މިލްކުވެވޮޑިގެންވަނީ ﷲ ސުބުޙާނަހޫވަތައާލާއަށެވެ. އެއީ އިއްޒަތްވަންތަ މަތިވެރި ރަސްކަލާނގެއެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

"ކަލޭގެފާނު ވިދާޅުވާށެވެ! ވެރިކަން މިލްކުވެވޮޑިގެންވާ، ހައްދަވާބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކަށް ވެރިކަން ދެއްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާމީހެއްގެ ކިބައިން ވެރިކަން ވަކިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާ މީހަކު މަތިވެރިކުރައްވަމުއެވެ. އަދި، އިބަރަސްކަލާނގެ އިރާދަކުރައްވާމީހަކު ނިކަމެތިކުރައްވަމުއެވެ. އެންމެހާ ހެޔޮކަންވަނީ، އިބަރަސްކަލާނގެ ޔަދުޤުދުރަތް ފުޅުގައެވެ. ހަމަކަށަވަރުން، އިބަރަސްކަލާނގެއީ، ކޮންމެކަމެއްގެ މައްޗަށް ކުޅަދުންވަންތަ ރަސްކަލާނގެއެވެ." (آل عِمرَان 26)

ރަސްކަމާއި، އަމީރުކަމާއި، ވަޒީރުކަމަކީ މިއަދުގެ ދުނިޔޭގައި އެމީހެއްގެ ޖާހާއި ޤަދަރުވެރިކަން ހާމަކޮށްދިނުމަށް ބޭނުންކުރެވޭ ބަސްތަކެކެވެ. އިންސާނުން ބޭނުންވަނީ މިދުނިޔޭގައި މިފަދަ މަތިވެރިކަމާއި މާތްކަން ހޯދުމަށެވެ. އެހެންކަމުން އެގޮތުގައި އެބައިމީހުންގެ ޢަމަލުތައް ބައްޓަންކުރަމުންދަނީ މިދެންނެވުނު ލަޤަބުތައް ހޯދުމަށެވެ.

ބައެއްމީހުން ފައިސާއިން މި ލަޤަބު ހޯދައިގަތުމަށް މަސައްކަތްކުރެއެވެ. ނަމަވެސް ހިއްސާގެ ބާޒާރު އިންދަޖެހުމުން އެބައިމީހުންގެ ދިރިއުޅުން ބަނގުރޫޓުވެ ބިކަހާލުގައި ޖެހިދެއެވެ. އަދި އެކަމުގެ ސަބަބުން ބައެއްމީހުން އަމިއްލައަށްފުރާނަ ދުއްވާލާތަންވެސް ފެންނަމުންދެއެވެ. އަނެއްބަޔަކު މި ލިޤަބާއި މަޤާމު ހޯދުމަށް މަސައްކަތްކުރަނީ ތިމާގެ ނެތްފެންވަރު ދެއްކުމާއި އެހެންމީހުންގެ މައްޗަށް ވެރިވެގަތުމުންނެވެ.

އެހެންނަމަވެސް އެކަމުގެ ސަބަބުން ތިމާވެގެންދަނީ އެހެންމީހުންގެ ކުރިމަތީގައި އަގެއްނެތް ގަމާރުބައެއްކަމުގައެވެ. އަނެއްބަޔަކު މި ޢިއްޒަތް ހޯދުމަށް މަސައްކަތްކުރަނީ އަސްކަރީ ގަދަބާރުދައްކައިގެން ނުވަތަ ވެރިކަމުގެ ބާރުބޭނުންކޮށްގެންނެވެ. އެހެންނަމަވެސް އެބައިމީހުން އިށީންދެތިބި ގޮނޑިން ތެދުވާންޖެހޭހިނދު އެންމެ ނިކަމެތިހާލުގައިވާންޖެހޭ ބަޔަކީ އެބައިމީހުންކަމުގައި ވެދެއެވެ.

ހަޤީޤީ އިއްޒަތާއި ނަޞްރާއި ކާމިޔާބުލިބުންވަނީ ހަމައެކަނި މާތް ﷲއަށް އީމާންވުމުންނެވެ. އެހެނީ ހުރިހާ އިއްޒަތެއް މިލްކުވެވޮޑިގެންވަނީ ﷲ އަށެވެ.
"އެއުރެންބުނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި މަދީނާއަށް އަތުވެއްޖެނަމަ ހަމަކަށަވަރުން، އެންމެ އިއްޒަތްތެރިމީހާ، އެންމެދެރަ ނިކަމެތިމީހާ އެތަނުން ބޭރުކޮށްލާނެތެވެ. (އެހެނަކުންނޫނެވެ.) އިއްޒަތްވަނީ ﷲ އަށެވެ. އަދި އެކަލާނގެ ރަސޫލާއަށާއި، މުއުމިނުންނަށެވެ. އެހެނެއްކަމަކު މުނާފިޤުންނަކަށް (އެކަމެއް) ނޭންގެއެވެ." (المنَافِقون 8)

ފާފައިގެ އަހުލުވެރިންނާއި ބެހޭގޮތުން ތާބިޢީ ބޭކަލެއްކަމުގައިވާ އިމާމް އަލް ހަސަން އަލް ބަސްރީ ވިދާޅުވެފައިވެއެވެ. "އެބައިމީހުން އެޖަނަވާރުތަކުގެ މައްޗަށް ސަވާރުވެގެން ތިބޭއެބައިމީހުންގެ ސަވާރީތައް އެބައިމީހުންނާއިއެކު އެބައިމީހުން ދެއްކިމަގަކުން ދަތުރުކުރަމުން ދިޔަނަމަވެސް އަދި އެބައިމީހުންގެ ނަޢަމްސޫފިތައް އެބައިމީހުން އަމާންކަމާ ރައްކާތެރިކަމާއެކު ގެންދިޔަނަމަވެސް އެބައިމީހުންގެ ދިރިއުޅުންވާހުށީ ހުރިހާވަގުތެއްގައިވެސް ކާމިޔާބެއްލިބުންނުވާ ފާފަތަކެއްގެ މަތީގައެވެ. މާތްﷲ އަށް އީމާންނުވާމީހުންނަށް ހަލާކާއިގެއްލުންމެނުވީ އެކަލާނގެ އިރާދަނުކުރައްވާހުއްޓެވެ.

ނުނިމޭ

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު