loading ...
loading ...
މިނިވަންޗެމްޕިއަންށިޕް 2016: ހދ.އަތޮޅު މުބާރާތުގެ 6 ވަނަ މެޗް ކުޅުދުއްފުށި ކާމިޔާބުކޮށްފި

މިނިވަންޗެމްޕިއަންށިޕް 2016: ހދ.އަތޮޅު މުބާރާތުގެ 6 ވަނަ މެޗް ކުޅުދުއްފުށި ކާމިޔާބުކޮށްފި

0 comment

މިނިވަންޗެމްޕިއަންށިޕް 2016: ހދ.އަތޮޅު މުބާރާތުގެ 6 ވަނަ މެޗް ކުޅުދުއްފުށީ ޓީމް ކާމިޔާބުކޮށްފި އެވެ.

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މިމެޗް ކުޅުދުއްފުށީ ޓީމް ކާމިޔާބުކުރީ ނެއްލައިދޫއާ ވާދަކޮށް 2-0 ލަނޑުން ނެވެ. މިމެޗްގައި ކުޅުދުއްފުށީ ޓީމުގެ ފުރަތަމަ ގޯލް ޖަހާފައިވަނީ 23 ވަނަ މިނެޓްގައި އެޓީމްގެ ނަދީމް އާދަމް އެވެ. ދެވަނަ ގޯލް ޖަހާފައިވަނީ 73 ވަނަ މިނެޓްގައި ފަރުހަތު މުޙައްމަދު އެވެ.

މިހާތަނަށް ކުޅުނު 3 މެޗްގެތެރެއިން 2 މެޗުން މޮޅުވެ 1 މެޗުން އެއްވަރުވުމުން ކުޅުދުއްފުށީ ޓީމަށް ލިބިފައި ވަނީ ޖުލްމަ 7 ޕޮއިންޓް އެވެ. 3 މެޗް ކުޅެ 1 މެޗުން މޮޅުވެ، 2 މެޗުން ބަލިވުމުގެ ސަބަބުން ނެއްލައިދޫ ޓީމަށް ލިބިފައިވަނީ ޖުމްލަ 3 ޕޮއިންޓް އެވެ.

މި އަހަރުގެ މި މުބާރާތުގައި ހދ.އަތޮޅުން ބައިވެރިވެފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ނޮޅިވަރަމްއާއި، ކުޅުދުއްފުށްޓާއި ހަނިމާދޫގެ އިތުރުން ނެއްލައިދޫއާއި ނޭކުރެންދޫ އެވެ. މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ ކުޅުދުއްފުއްޓާއި ނޮޅިވަރަމް އެކަންޏެވެ.

ހދ.އަތޮޅު މުބާރާތުގައި މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުގައި ބައްދަލުކުރަނީ ހަނިމާދޫ އާއި ނޮޅިވަރަމް ޓީމް އެވެ. މެޗު ފެށުމަށް ހަމަޖެހިފައިވަނީ ހަވީރު 4:00 ގައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު