loading ...
loading ...
އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހައްދުންމަތީގައި ރޯޑް ޗެލެންޖެއް ބާއްވަނީ

އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ހައްދުންމަތީގައި ރޯޑް ޗެލެންޖެއް ބާއްވަނީ

0 comment

"ހައްދުންމަތި ރޯޑް ޗެލެންޖް 2016" ނަމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ދުވުމެއް ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

އެންއެމްޑީއެފް އިން ހާމަކުރެއްވި ގޮތުގައި ލ. އަތޮޅުގެ ރަށްތައް ގުޅުވައިދޭ ލިންކު ރޯޑުގައި، އަންނަ ޑިސެމްބަރު މަހުގެ 16 ވާ ހުކުރު ދުވަހު ބާއްވާ މި ދުވުމުގައި އާންމުންނަށް ބައިވެރިވުމުގެ ފުރުޞަތު ވަނީ އާންމުކޮށް ހުޅުވާލާފަ އެވެ.

މި ދުވުމުގައި ފުލް މެރެތަންގެ ޓީމް އަދި އިންޑިވިޖުއަލް އިވެންޓް، ހާފް މެރެތަން، 10 ކިލޯ މީޓަރު ދުވުން، ފަސް ކިލޯ މީޓަރު ޓީމް އިވެންޓު އަދި އިންޑިވިޖުއަލް ކެޓަގަރީގެ އިތުރުން ކުޑަކުދިންގެ 1 ކިލޯ މީޓަރު ދުވުން ބާއްވާގޮތަށް ހަމަޖެހިފައި ވާކަމަށް ވެސް އެމްއެންޑީއެފް އިން ހާމަކުރައްވަ އެވެ.

މި ދުވުމުގައި ބައިވެރިވާން ބޭނުންފުޅުވާ ފަރާތްތަކުން 2016 ޑިސެމްބަރު 9 ވަނަ ދުވަހުގެ ކުރިން ދުވުމުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހެޅުއްވުމުގެ ފުރުޞަތު ވަނީ ހުޅުވާލާފަ އެވެ. އަދި ބައިވެރިވުމަށް އެދޭ ފޯމް އެމްއެންޑީއެފް ވެބްސައިޓު mndf.gov.mv އިން ޑައުންލޯޑު ކުރެވޭނެ ކަމަށް ވެސް އެމްއެންޑިއެފް އިން ހާމަކުރައްވަ އެވެ.

އެމްއެންޑިއެފް އިން ހާމަކުރައްވާ ގޮތުގައި މި ދުވުމުގައި ބައިވެރިވުމަށް އެދޭ ފޯމް ހުށަހަޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ރަސްމީ ގަޑީގަ އެވެ. އަދި، ފޯމް ހުށަހަޅުއްވާނީ، މާލެއިން ނަމަ ބަންޑާރަކޮއްޓަށެވެ. ލ. އަތޮޅުން ނަމަ ލ.ކައްދޫގައި ޤާއިމުކުރެވިފައިވާ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒްއަ ށެވެ. މެއިލް ކުރައްވާނަމަ ކުރައްވާނީ fitnesswing@mndf.gov.mv މި އީމެއިލް އަށް ކަމަށް ވެސް އެމްއެންޑީއެފް އިން ހާމަކުރައްވަ އެވެ.

މި ދުވުމަކީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ އާއި އެމްއެންޑީއެފް ފިޓްނަސް ވިންގުގެ އިތުރުން މޯލްޑިވްސް އެސޯސިއޭޝަން ފޯރ ޑިސްޓަންސް ރަނަރސް (މޭޑް ރަނަރސް) އާއި ލ.އަތޮޅުގެ ރަށްތަކުގެ ކައުންސިލް އިދާރާތަކާއި ކައްދޫ އެއަރޕޯޓް ކޮމްޕެނީ ގުޅިގެން ބާއްވާ ދުވުމެއް ކަމަށް ވެސް އެންއެންޑީއެފް އިން ހާމަކުރައްވަ އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު