loading ...
loading ...
ފައިނަލް މެޗަށް ޕޮލިސް ކުލަބް ނުކުންނާނީ ޓީމެއްގެ ގޮތުގައި ކުޅެ ތަށި ދިފާޢުކުރަން- ކޯޗު

ފައިނަލް މެޗަށް ޕޮލިސް ކުލަބް ނުކުންނާނީ ޓީމެއްގެ ގޮތުގައި ކުޅެ ތަށި ދިފާޢުކުރަން- ކޯޗު

0 comment

އަލް މުދިޝް ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި ފުވައްމުލަކު މިސްކިތްމަގު އެންމެންގެ ގުޅުމާއި ޕޮލިސް ކުލަބު ވާދަކުރާ މެޗަށް ނުކުންނާއި ޓީމެއްގެ ގޮތުގައި ކުޅެ މޮޅުވެ ތަށި ދިފާޢުކުރަންކަމަށް ޕޮލިސް ކުލަބުގެ ކޯޗު މައުމޫރު މުޙައްމަދު ވިދާޅުވެއްޖެ އެވެ.

މިއަދު ހަވީރު ކުޅުމަށް ހަމަޖެހިފައިވާ މެޗާ ބެހޭގޮތުން ޕޮލިސް ލައިފަށް މަޢުލޫމާތު ދެއްވަމުން ޕޮލިސް ކުލަބު ކޯޗު ވިދާޅުވެފައި ވަނީ މިއަދުގެ މެޗަށް ނުކުންނާނީ ކުރިން ކުޅުނު މެޗުތަކުގައި ހެދުނު ގޯސްތައް ރަނގަޅުކޮށް ޓީމެއްގެ ގޮތުގައި ކުޅެ މޮޅުވާންކަމަށެވެ. އަދި މިއަދުގެ މެޗަށް ޕޮލިސް ކުލަބު ނުކުންނާނީ އަނެއް ޓީމަށް އިހްތިރާމްކޮށްގެން އެޓީމަކީވެސް މޮޅު ޓީމެއްކަން ދެކިގެންކަމަށް ވެސް ކޯޗު ވަނީ ވިދާޅުވެފަ އެވެ.

"ޓީމުގެ ކުޅުންތެރިންވެސް ތިބީ މިއަދުގެ މެޗު ކާމިޔާބުކޮށް ޤައުމީ ތަށި ދިފާޢުކުރުމުގެ އަޒުމުގައި. ކުރީ މެޗުތަކުގައި ހެދިފައިހުރި މިސްޓޭކްތައް ރަނގަޅުކޮށްގެން މެޗަށް ނުކުންނީ.  އަދި ޓީމުގައި އެބަތިބި ތަޖުރިބާކާރު މޮޅު ކުޅުންތެރިން. އެކުޅުންތެރިންގެ ތަޖުރިބާ ބޭނުންކޮށްގެން ޓީމެއްގެ ގޮތުގައި ކުޅެ މެޗު ކަމިޔާބުކުރަން ނުކުންނާނީ" ޕޮލިސް ކުލަބުގެ ކޯޗު ވިދާޅުވި އެވެ.

އަލް މުދިޝް ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 16:00 ގައި ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައެވެ. މިދިޔަ އަހަރުގެ ޤައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ޗެމްޕިއަން ޓީމަކީ ޕޮލިސް ކުލަބް އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު