loading ...
loading ...
އަމިއްލަ ފަރާތަކުން އަލިފުށީގައި ޤާރީ ކޯހެއް ފަށަނީ

އަމިއްލަ ފަރާތަކުން އަލިފުށީގައި ޤާރީ ކޯހެއް ފަށަނީ

0 comment

އަމިއްލަފަރާތަކުން ރ.އަތޮޅު އަލިފުށީގައި ޤާރީ ކޯހެއް ފެށުމަށް ހަމަޖައްސަވައިފި އެވެ.

މި ކޯހުގައި ބައިވެރިވުމުގެ ފުޞަތު މިހާރު ހުޅުވާލާފައިވާއިރު  މި ކޯހަކީ އަލިފުށިީގައި ހިންގާ އަމިއްލަ ޤުރުޢާން ކްލާހެއްކަމަށްވާ ހިދާޔަތުލް ޤުރުޢާން ކުލާހާއި މާލޭގައި ހުންނަ އިންސްޓިޓިއުޓް ފޯރ ހޯލީ ޤުރުޢާން އާއި ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤާރީ ކޯހެކެވެ. މިކޯހުގައި ކިޔަވައި ދެއްވާނީ ލެވެލް 1 އަދި 3 އެވެ.

އަންނަ 2017 ވަނަ އަހަރުގެ ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވާ މި ކޯސްތަކާއި ގުޅޭ ގޮތުން އަލިފުށި އޮންލައިން އަށް މަޢުލޫމާތު ދެމުން އެ ޤުރުޢާން ކްލާސް ހިންގާ ފަރާތްކަމުގައިވާ އާއިޝަތު ރިޒްމާ ވިދާޅުވެފައި ވަނީ މި ކޯސްތަކަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ ފެންވަރަށް ހިންގާ ކޯސްތަކެއް ކަމުގައެވެ. އަދި މި ކޯސްތަކާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 7796817 ނަންބަރަށް ގުޅުއްވައިގެން މައުލޫމާތު ހޯއްދެވުމަށް ވެސް ރިޒްމާ ވަނީ އެދިވަޑައިގެންފައެވެ.

މި ކޯސްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފޯރމް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު ހިދާޔަތުލް ޤުރުޢާން ކުލާހާއި އަލިފުށީ މަންފާ ފިހާރައިގެ އިތުރުން ޕޭމާޓް ފިހާރައިން ވެސް ފޯރމް ދޫކުރާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ. މިގޮތުން ފޯރމް ބަލައިގަތުން ހަމަޖައްސާފައި ވަނީ ހިދާޔަތުލް ޤުރުޢާން ކުލާހުން ނެވެ. ފޯރމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ މި މަހުގެ 30 ވަނަ ދުވަހެ އެވެ.

ހިދާޔަތުލް ޤުރުޢާން ކުލާހުގެ ފަރާތުން އިންތިޒާމްކޮށްގެން މި މަހުގެ ތެރޭގައި ވެސް ޤުރުޢާން މުބާރާތެއް ވަނީ އަލިފުށީގައި ކުރިއަށް ގެންގޮސްފަ އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު