loading ...
loading ...
ކަލާވީ ބޭވަފާ...39

ކަލާވީ ބޭވަފާ...39

10 comments

ކަލާވީ ބޭވަފާ...39 ތިރީސް ނުވަވަނަބައި

"އަހަރެންގެ ދެލޮލަށް ބަލަންހުރެ އަހަރެން މިކުރާ ސުވާލަށް ހަމަ މިހާރު ޖަވާބުދީ! އަހަރެންގެ ދަރިފުޅުގެ އިއްފަތަށް އަރައިގަތީ ތިޔައިގެ ތެރެއިން ކާކު؟" ޖަމާލުގެ ސުވާލު އިވިފައި ދެބެންމެ އިސްއުފުލައި ބައްޕައާއި ހަތަރުކަޅި ހަމަކުރިއެވެ. އެކަމަކު އެއިން އެކެއްގެ އަނގައިންވެސް ޖަވާބެއް ނުނިކުތެވެ. ދުރުގައި ތިބި އެންމެން އެދެމީހުންނަށް ބަލަން ތިބިއިރު އެތަނުން ކޮންމެ މީހަކުވެސް ސިފަކުރެވުނީ ކުށްވެރިއަކު ފަދައިންނެވެ. އެއިން ކޮންމެ މޫނަކަށްވެސް ބެލުނީ ޝައްކުގެ ލޮލުންނެވެ. ހަޤީޤަތް ހާމަވާން އޮތީ އެސުވާލުގެ ޖަވާބުގައި ކޮންމެވެސް އެކަކު އެއްބަސް ވެގެންނެވެ. އެކަމަކު ކުށް ކޮށްފައި އަމިއްލައަށް ކުށަށް އިއުތިރާފު ވާނީ ކާކު ހެއްޔެވެ؟

"ކުށްވެރިޔާ އަހަރެންނަށް އިނގޭ." އެކަކުވެސް ޖަވާބެއް ނުދީ އިރުކޮޅެއް ވުމުން ތިކާ ބުނި އަޑު އިވުނެވެ. އެވަގުތު އެންމެންގެ ލޯތައް ތިކާއަށް ހުއްޓިއްޖެއެވެ. ތިކާ ވާހަކަފެށީ އިސްޖަހާލަމުންނެވެ.

"ދަންވަރު އަހަރެންނަށް ހޭލެވިގެން ފެންބޯން ބެލިއިރު ފެންޖަގު ހުސްވެފަ ހުރީމަ ތިރިއަށް ދާންވެގެން ކޮޓަރިން ނިކުތީ. އެއީ ތިނެއްޖަހާކަށްހާއިރު. އެވަގުތު ކައްޝަފް ކޮޓަރިން ފިރިހެނަކު ނިކުތްތަން ފެނުނީމަ ބަލަންވެގެން މަޑުކުރީ. އިސްޖަހައިގެން ހުރީމަ ކަންނޭނގެ، އަހަރެންގެ ކުރިމަތިން ގޮސް ކޮޓަރިއަށް ވަންއިރު ހިއެއްނުވޭ އަހަރެން ފެނުނުހެނެއް." ތިކާ ކިޔައިދިން ވާހަކައިން ޖަވާބުހޯދަން ބޭނުންވެފައިތިބި އެންމެން ކެތްމަދުކޮށްލިއެވެ. އިސްއުފުލައިލުމާއެކު އެއެންމެން ބޭނުންވެފައި ތިބީ އެމީހެއްގެ ނަން ބުނަންކަން އެނގުނެވެ. އޭނާއަށް ތުންފަތުގައި ދަތް އަޅައިލެވުނީ ހަޤީޤަތް ހާމަކުރަން އުދަނގޫވީވަރުންނެވެ. އެކަމަކު މިހާރު އެހުރި ހިސާބަކީ ދެން ބޭނުންވިއަސް ބުނިބަސް އަލުން އަނބުރާ ގެންދެވޭނެ މަޤާމެއް ނޫނެވެ. ހަޤީޤަތް އެއޮތީ އެންމެންގެ ކުރިމަތީގައެވެ.

"އަޒާން." ތިކާ މަޑުމަޑުން ބުނެލިއެވެ.

އެވަގުތު އެތަނުގައި ބޮމެއް ގޮއްވާލެވުނު ކަހަލައެވެ. އެޖަވާބުން އެންމެންގެ ސިކުނޑިއަށް ގުޑުންއަރުވައިލީ މީގެ ކުރިން ދުވަހަކު ނުލިބޭފަދަ ސިހުމަކުންނެވެ. ޖަމާލުގެ މޫނު ހުދު ކަފަ ކޮޅަކަށް ވެގެންދިޔައިރު ޝިފާނާއަށް އަތްއަޅައިލެވުނީ އަނގަމަތީގައެވެ. އެދެލޯ ބޮޑުވެ ނޭވާލާން ހަނދާން ނެތިފައި ބަލަން ހުރެވުނެވެ. ޔާޒަންއަށް ލިބުނު ސިހުމުގައި އިސްއުފުލާލި ގޮތަށް ތިކާގެ މޫނަށް ބަލަން ހުރީ ޤަބޫލު ނުކުރެވިފައެވެ. އެޖަވާބުން އަޒާންވެސް ހައިރާންވިހެން ހީވިއެވެ. އޭނާ ހީނުކުރާފަދަ ގޮތަކަށް ސިއްރު ފަޅާއެރުމުން ކަންބޮޑުވިހެން ހީވިއެވެ. އެކަމަކު އެމޫނުގެ ކުލައަކަށް މާބޮޑު ބަދަލެއް ނާދެއެވެ. އޭނާ އަދިވެސް ހުރީ އިސްޖެހިގޮތަށެވެ.

"ބައްޕަގެ މިދެކަންފަތް ދޮގުވާހަކަ އިއްވަނީ ކަމުގައިވެދާނެ. ސިކުނޑި ނުބައި ޒާތަކަށް ކުރާ ސަމާސައެއްކަމުގައިވެސް މިވެދާނެ. އެކަމަކު ބައްޕަގެ ތިދަރިފުޅަކީ އެހާ ދަށުދަރަޖައަކަށް ވެއްޓިދާނެ ކުއްޖެއްކަމަށް ހިތެއް ނުބުނޭ. ބައްޕަ އަޒާންއަށް ދިން ތަރުބިއްޔަތު އެކަމަށް ތަނެއް ނުދޭނެ. ނުވާނެ އެހެނެއް. ދަރިފުޅާ! އަޒާން! ބުނޭ އެއީ ތެދެއް ނޫނޭ. ބުނޭ އެއީ ދޮގެކޭ..." ޖަމާލުގެ ރުޅިގަނޑު ވަދެފިލީ ކޮންތާކަށް ކަމެއް ނޭނގެއެވެ. ދަރިފުޅާއި ދިމާއަށް އެނބުރި އެދެކޮނޑުގައި ހިފާ ތަޅުވަމުން އޭނާ ވާހަކަދެއްކީ އާދޭސް އެކުލެވިގެންވި އަޑަކުންނެވެ. އެކަމަކު އަޒާން ކަހާތަން ހިރުވާވެސް ނުލިއެވެ. އެއްޗެއް ކިޔާހެން އޭނާއަށް ހީނުވާ ކަހަލައެވެ. ނޫނީ ކިތަންމެ ބޭނުންވިއަސް ދޮގުހަދާނެ ހިތްވަރު ނެތީއެވެ.

ޖަމާލުގެ ވާހަކަދެއްކުން މެދުކެނޑި މަޑު ރުއިމަކަށް ބަދަލުވެގެން ދިޔަތަން ފެނުނެވެ. ދަރިފުޅުގެ ދެކޮނޑުން އަތް ތިރިކޮށްލައިފައި އޭނާ ހުރީ އެއްއަތުން ލޯމަތި ނިވާކޮށްލައިގެންނެވެ. ފިރިމީހާގެ ހާލަތު ފެނުމުން ޝިފާނާވެސް ހުރީ ކަރުނަ އައިސްފައެވެ. ތިކާ ފެންކަޅިވެފައި ހުރެގެން ފިރާގެ ކޮނޑުގައި ބޯއަޅައިލިއެވެ. ޔާޒަން އެވަގުތު ބައްޕައަށް ހިތްވަރު ދިނުމުގެ ގޮތުން ކޮންމެވެސް އެއްޗެއް ބުނަން ހީކޮށްލިއެވެ. އެކަމަކު އެއަށްވުރެ ކުރިން މުޅި ތަން ގުގުމާލީ ޖަމާލު ކުއްލިއަކަށް އަޒާންގެ ކޯތާފަތްމަތީގައި ވީއްލައިލި ހޫނު އެތިފަހަރުގެ އަޑުންނެވެ. އެހައިރާންކަމުގައި ބަލަން ތިބޭކަށް ވަގުތެއް ނުލިބުނެވެ. މެދަށް އެންމެ ސިކުންތެއްވެސް ދޫނުކޮށް ފެނުނީ ދެވަނަފަހަރަށްވެސް ޖަހަން އަތް އުފުލައިލިތަނެވެ.

"ބައްޕާ.....!" ޔާޒަން އަވަހަށް އެދެމެދަށް ހުރަކަށް ވެގެން ބައްޕަގެ އަތް ހިފެހެއްޓުމުން ދެވަނަ ހަމަލާ ކާމިޔާބު ވާގޮތެއް ނުވިއެވެ. "ކާމްޑައުން ބައްޕާ..." ޔާޒަން ވާހަކަދައްކަން މަސައްކަތް ކުރިއެވެ. އެކަމަކު ޖަމާލު ހުރީ އެހެން މީހަކު ދައްކާ ވާހަކައެއް އަހާވަރަށްވުރެ ނުރަގަޅު ހިސާބެއްގައެވެ. "އެކަކުވެސް އަހަރެންނާއި ވާހަކަދައްކާނެ ކަމެއް ނެތް.." އޭނާ ޔާޒަންގެ އަތް ފޮޅުވާލައިފައި ގޮސް ސިޑިން އަރަންފެށިއެވެ. ފަހަތުން ޝިފާނާ ދިޔައެވެ.

އެދެމީހުންނަށްފަހު ތިކާއާއި ފިރާވެސް މައްޗަށް އެރުމުން ސިޓިންރޫމްގައި ތިބީ އަޒާންމެން ދެބެން އެކަންޏެވެ. މީހުން ހުސްވިތަން ދެކެފައި ޔާޒަން ބޭބެއާއި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ.

" ޔޫ ލުކް ލައިކް އެ މެސް. ދާންވީއެއްނު ފެންވަރާލައި ފްރެޝްވެލަން.." ޔާޒަން ވާހަކަދެއްކީ އާދައިގެ ރާގެއްގައެވެ. އެވަގުތު އަޒާން ކުއްލިއަކަށް އެމޫނަށް ބަލައިލި ނުރައްކާތެރި ގޮތުން ޚުދު އޭނާވެސް ސިހިގެން ވޯހ އޭ ކިޔައި ފަހަތަށް ޖެހިލެވުނެވެ. ހީވީ އެހެން ބުނެލިކަމަށްޓަކައި އޭނާދެކެވެސް ރުޅިއައީ ހެންނެވެ. އަޒާން އެވަގުތު ބާރުބާރަށް ހިނގައިގެންފައި ދިޔައީ ގެއިން ނިކުންނާށެވެ.

*****

"ރޭގަ އަޒާން އެކޮޓަރިން ނިކުމެގެން އަންނަތަން ފެނުނީމަ އަހަރެން ހީކުރީ އެދެމީހުންގެ ސީކްރެޓް އެފެއަރއެއް ހިނގަނީކަމަށް. ރުޅިއައިސްގެން ހިތަށްއެރި އެވަގުތުގޮސް ކައްޝަފްގެ ބޮލަށް ދަމާ ހުރިހާ އިސްތަށްޓެއް ލުހެލަފާނަމޭ. ދެން ހިތަށްއެރީ އެހެން ނުހަދާ އެންމެންނަށް ބަސްޓްކޮށްލައިގެން އޭނަ ގެއިން ނެރެލާނީއޭ. އެހެންވެ ފަހުން ދެން ރަނގަޅަކަށް ނުވެސް ނިދުނު. ހެނދުނު ހޭލެވިގެން އަވަހަށް ނިކުތީ ކައްޝަފް އެގަޑީގައި ތެދުވެގެން ބަދިގޭގަ އުޅޭނެކަން އިނގޭތީ. އެކަމަކު އޭނައެއް ނުފެނުނު އެއްވެސްތާކުން." ކޮޓަރިއަށް ވަދެ އެކަނިވުމުން ތިކާ އޭނާގެ އެކުވެރިޔާއަށް ރޭގެ ހާދިސާ ތަފްޞީލު ދޭން ފެށިއެވެ. އަނގައަށް ކުޑަވައި އިނގިލި ލައިގެން ދެދަތްޕިލަ ދޭތެރޭ ފިއްތައިލަ ފިއްތައިލާ ފިރާ އިނީ ނިކަން ކަނުލާ އަހާށެވެ.

"ދެން އެންމެފަހުން ކެތްނުވެގެން ގޮސް އެކޮޓަރި ދޮރުގައި ތަޅައިގަތީ. އޭނަ ނުހުޅުވީމަ ކުރިއަށްވުރެ ރުޅިއައި. މާނަ ނެގުނީ އެންމެ ގޯސް ގޮތަށް. ޚަބަރެއް ނުވީމަ ތަޅުގައި ހިފިއިރު ހުރީ ހުޅުވާފައި. އެދޮރު ހުޅުވައިލީމަ ލިބުނީ ފާޑެއްގެ ޝޮކެއް. ހަރ ރޫމް ވޯޒް އެ މެސް. ތޫފާނެއް އައިސްފަ އޮތް ތަނެއްހެން ހީވަނީ. ހޯދާލިއިރު ކައްޝަފް އިން ކަނަކަށްވަދެ ދެކަކޫނަގައި މޭގައި ޖައްސާލައިގެން ދެއަތް މަތީ ބޯއަޅައިގެން. އެމަންޒަރު ފެނިފަ ހިތަށް ގޮތެއްވެއްޖެ. ކައިރިއަށް ގޮސް ގޮވާ ބޯ ނުނެގީމަ ގަދަކަމުން މޫނު ބެލިއިރު ޚަބަރުހުސްވެފަ އޮތީ. ދެން އަހަރެން މަންމައަށް ގޮވާ ގެނައީމަ މަންމަ ވަރަށް ބިރުގަތްކަން އެނގުނު. އަހަރުމެން ދެމީހުން އޭނަ ހޮސްޕިޓަލަށް ގެންދިޔައީ. މަންމަ ކިޔައިފި އިހަށް ސްޓެޕް ޑޭޑް ކައިރީ ނުބުނާށޭ. އެކަމަކު އެތާ އުޅެނިކޮށް ގުޅީ. ނަސީބަކުން ޑޭޑް އެހާ ބޮޑަށް އަޅައިނުލާ މަންމައަށް ދޫކޮށްލައިގެން ހުރީ. މަންމަ ހޭންޑްލް ކުރަން ދީގެން. ޑޮކް ބޭނުން ނުވަނީސް މަންމަ ވަރަށް އެދިގެން ކައްޝަފް ގެއަށް ދޫކޮށްލީ. ޑޭޑް ހުރީ އެހާ ވަންދެން ނޭނގުމެއްގެ ތެރޭގައި. އައިސް ބުނީމަ އެނގުނީ. މިހާރު މީ ހަމައެކަނި ކައްޝަފް އާއި އަޒާންގެ ކަމެއް ނޫން. މުޅި ފެމެލީގެ ޕްރައިޑާއި ގުޅިފައިވާ ކަމެއް. އެހެންވެ ފިރާވެސް އަހަރެން މިދެއްކި އެއްވެސް ވާހަކައެއް އެކަކު ކައިރީވެސް ނުބުނަން ޕްރޮމިސް ކުރޭ. މަންމަ ހާއްސަކޮށް ބުނި ފިރާ ކައިރީ މިގޮތަށް އެދެން. ޑޮކްގެ އަނގަ ބަންދުކުރަންވެސް މަންމަ ފައިސާ ޚަރަދުކުރި ވަރުގެ އަދަދެއް ނޭނގެ." ތިކާގެ ވާހަކަ ނިމުމުން އެކުވެރިޔާގެ ފަރާތުން ބޭނުންވާ ކަންތަކުގެ ވާހަކަވެސް ހާމަކުރިއެވެ. ފިރާ ވަގުތުން ތިކާގެ އަތްމަތީ އަތް ބާއްވާފައި ވަޢުދުވިއެވެ.

ކޮޓަރިއަށް ވަދެފައި ޖަމާލުގޮސް ވެއްޓިގަތީ އެނދު ކޮޅުގައި ބަހައްޓާފައި ހުރި އަރާމު ގޮނޑިއަށެވެ. ނިތްމަތީ އަތް އުނގުޅައިލަ އުނގުޅައިލާ ލޯމަރައިގެން އޮތްއިރު ޝިފާނާ ގޮސް އިށީންދެލީ އެނދުގައެވެ. ވާހަކަ ފަށާނެގޮތެއް ނޭނގިފައި އޭނާ އިނީ ޖަމާލުގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ދެން އަހަރެން ކިހިނެތް ހަދާނީ؟" އިރުގަނޑެއް ފަހުން ޖަމާލު އަތްތިރިކޮށްލިއެވެ. އޭނާ މޫނު އަނބުރާލައި ޝިފާނާ އިން ދިމާ ހޯދާލިއިރު ކުރިއެކޭ އެއްގޮތަށް ބަލަހައްޓައިގެން އިނެވެ. ޖަމާލު ދައްކަން ބޭނުން ވާހަކަތައް ހުންނާނެކަން އެނގޭތީ އޭނާ އިނީ ފުރުސަތު ދީގެންނެވެ.

"ކައްޝަފްއަކީ އަހަރެންގެ ދަރިއެއް. އޭނައަށް ދެރައެއް ދޭކަށް ބޭނުމެއް ނުވޭ. އޭނައަށް އެލިބުނު އަނިޔާގެ ބަދަލުގައި އަޒާންއަށް ހައްޤު އަދަބު ދީ އިންސާފު ހޯދަދޭން ހިތް ބުނޭ. އަހަރުމެންގެ ޤަދަރާއި އިއްޒަތް ވެއްޔާއި މޮޑެވިގެންދާ ހިސާބުން ދެންވާނެ ގޮތް އެނގެއެއްނު. އެފިޔަވަޅާއެކު އަހަރެން މިހާ ދުވަހު ކުރި ހުރިހާ މަސައްކަތެއް ވައިގެތެރެއަށް އުދުހިގެން ހިނގައިދާނެ." ޖަމާލު މޮޅިވެފައި އިނދެގެން ހިތުގެ އުދާސްތައް ބޭރުކުރިއެވެ.

"އަހަރެން ހިޔާލެއް ދެންތަ؟" ޝިފާނާ ހިމޭނުން އިނދެފައި ޖަމާލުގެ ސަމާލުކަން ހޯދިއެވެ. ޖަމާލު ހަތަރުކަޅި ހަމަކޮށްލުމުން އޭނާ ފެށިއެވެ. "ވެދިޔަ ކަންތައް އެހެންމީހުންނަށް އެނގިގެން ލިބޭނީ އިތުރު ބަދުނާމެއް. ތިބުނިހެން އަޒާންއަށް އަދަބު ދިނަސް ވީކަމެއް ނުވާ ކަމަކަށް ނުވާނެ. ކައްޝަފްގެ އިއްފަތްތެރިކަން އަނބުރައެއްވެސް ނުލިބޭނެ. އެކަމަކު އަހަރެން މިބުނާ ގޮތް ހަދައިފިއްޔާ އޭނާގެ އަބުރު ވެއްޔާއި މޮޑެވިގެން ދިޔަ ދިނުމުން ސަލާމަތްކުރެވިދާނެ. މުޖްތަމައުގެ ތެރޭގައި އޭނާއަށް އޮތް ޤަދަރު އެގޮތުގައި ހިފެހެއްޓިދާނެ. ޔަޤީނުންވެސް އިންސާފު ހޯދައިދިނުމަށްވުރެ އޭނާއަށް ފައިދާކުރާނެ. އަދި ކޮބާ އޭނައާއިއެކު އަހަރެމެން އާއިލާގެ ނަންވެސް ހަޑިވިޔަ ނުދީ ސަލާމަތްވާނެ." ޝިފާނާގެ ވާހަކަ ނުހަނު ޝައުޤުވެރިއެވެ. އެއީ ކޮން ގޮތެއްތޯވެސް ނާހައި އެއްބަސްވާން ޖަމާލު ހުރީ ތައްޔާރުގައެވެ. އެހުށައެޅުމުގައި އޭނާގެ މައްސަލައެއް ހުރިހާ ހައްލެއް ފެންނަން އެބަހުއްޓެވެ.

"ޒުވާންކަމުގެ ޖޯޝުގައި އަޒާން ކުރިކަމެއްވިއްޔާ ކުރީ. އިންސާނަކަށްވީތީ ކުށެއް ކުރެވުނީ. އެކަމަކު އެއީ ގޯސް ކުއްޖެއް ނޫން. އަހަރެން އަދިވެސް  ބުނަން އޮތީ އެފަދަ ޒުވާނަކު ލިބޭނީ ނަސީބުވެރިއަކަށޭ." ޝިފާނާގެ ވާހަކަ ދިޔަ މިސްރާބުން ޖަމާލުއަށްވެސް ކޮންމެވެސް ވަރަކަށް ނަގައިގަނެވިއްޖެއެވެ. " ޝިފާނާ ތިބުނަނީ އަޒާންއާއި ކައްޝަފް.....ޖަމާލު ގޮނޑިން ތެދުވެގެން ގޮސް ޝިފާނާ ކުރިމައްޗަށް ހުއްޓިފައި ބުނަން އުޅުނު ވާހަކަ ފުރިހަމައެއް ނުކުރެއެވެ. "ތިޔަ ހީވީ ރަނގަޅަށް. އެދެމީހުންގެ ކައިވެނީގެ ވާހަކަ މިދައްކަނީ. އެއިރުން ހުރިހާ މައްސަލައެއް ހައްލުވީ. ތެދަށް ބުނަންޏާ ގެއްލުނު އިއްފަތްތެރިކަމަށްވުރެ އެކައިވެނީގެ ސަބަބުން ލިބެން އޮތް މޮޅު އިތުރުވާނެ. އެއިރުން އެހާދިސާގެ ވާހަކަވެސް އާއިލާތެރޭގައި ފޮރުވާލެވުނީ." ޝިފާނާ ޖޯޝާއެކު ބުނެލިއެވެ. ތުންފަތުގައި ދަތް އަޅާލައިގެން ހުރެ މަޑުމަޑުން ބޯޖަހާލި ގޮތުން ޖަމާލުއަށް އެވާހަކަ ކަމުދިޔަކަން ދޭހަވިއެވެ. އެކަމަކު ސިކުނޑީގައި އެވަގުތު އިތުރު ސުވާލެއް ފެންމަތިވިއެވެ.

"ޝިފާނާއަށް ހީވަނީ ކިހިނެތް؟ ކައްޝަފް އެއްބަސްވާނެތަ؟" ޖަމާލު އަހައިލީ ޔަޤީން ނުކުރެވޭ ގޮތަކަށެވެ. "އެއަށްވުރެ ރަނގަޅު އެހެން ގޮތެއް އޭނައަށް އެބައޮތްތަ؟" ޝިފާނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާއަށް އެނގޭ ކަހަލައެވެ. ކައްޝަފްއަށް ދެން އޭނާ ބުނާ އެއްވެސް ކަމަކާއި ދެކޮޅެއް ނުވެވޭނެއެވެ. ގެއްލުނު އިއްފަތްތެރިކަން އަނބުރާ ނުލިބޭއިރު ކުޑަމިނުން އަމިއްލަ ޤަދަރާއި އިއްޒަތް އެގޮތުގައި ހިފެހެއްޓެން އޮތީ އޭނާ ދެއްކި މަގުން ހިނގައިގެންނެވެ.

*****

ކުއްލިއަކަށް މާލެ ދާން ހަމަޖެއްސި ވާހަކަ ޖަމާލު ބުނުމުން ސަލީމުގެ ސުވާލުތަކާއި ކުރިމަތިވިއެވެ. ޖަމާލުގެ ޖަވާބު ކުރެވެ. އޭނާގެ ބަހަނާއަކަށްވީ ވިޔަފާރީގައި ކުޑަކަމެއް ދިމާވެގެން ކޮންމެހެން ދާން ޖެހުން ކަމުގައެވެ. ދެދުވަސް ފާއިތުވެގެން ދިޔައިރު ކުރީގެ މާހައުލުވެސް ކޮންމެވެސް ވަރަކަށް ބަދަލުވެއްޖެއެވެ. ކައްޝަފް އާއި އަޒާން ގޭތެރެއިން ނުފެނުނަސް ތިކާމެން ސަކަރާތްޖަހައި އުޅެލާ އަޑުން މާހައުލު ފަޅުފިލައެވެ. ޝިފާނާ އާއި ޖަމާލުއަށް ވަގުތެއް ވާއިރަށް ދައްކަނީ ކުރިއަށް ރޭވިފައިވާ ކަންތައް ތަކުގެ ވާހަކައެވެ.

ފުރަން އޮތް ދުވަހުގެ މެންދުރެއް ހާއިރެވެ. ކުއްލިއަކަށް މޫސުން ބަދަލުވެ ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ކޮންމެރެއަކު ރޭގަނޑު ވުމުން ނޫނީ ގެއަށް ނުވަންނަ އަޒާންވެސް ގެއަށް އައިސް ވަނީ ފުރަން ތައްޔާރުވެފައިވާ ވާހަކަ ޔާޒަން ބުނެފައި އޮތީމައެވެ. ސިޓިންރޫމްގައި އެވަގުތު ޖަމާލު އާއި ކައްޝަފް ނޫން އެންމެން ކަހަލަ ގޮތަކަށް ތިއްބެވެ. އޭނާގެ ފިޔަވަޅު އަޑު އިވުމުން އެންމެން ބަލައިލިކަން އެނގުނެވެ. އަޒާން އަވަހަށް ބެލީ އެތަނުން ފިލާ ރައްކާވެވޭތޯއެވެ. ދެދުވަސް ތެރޭވެސް އެސޫރައަށް ބަދަލު އައިސްފައިވާކަން ޝިފާނާ ފާހަގަކުރިއެވެ. މޫނުގެ އުޖާލާކަން ކެނޑި ފުން ހިމޭންކަމެއް މިޒާޖަށް ވެރިވެފައެވެ. ބަލައިލުމުގައި ސިއްރު ގޮތެއް އެބަހުއްޓެވެ. ހީވަނީ އަބަދުވެސް ކަމަކަށް ފިލަން ތައްޔާރުވެފައިވާ ހެންނެވެ. ދިގު ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެން މައްޗަށް ދިޔައިރު އޭނާ އިނީ ރަނގަޅަށް ބަލާށެވެ.

ކޮޓަރިއަށް ދަމުން ކައްޝަފްގެ ކޮޓަރިއާއި ހަމަވެފައި އަޒާންއަށް ހުއްޓެވުނެވެ. ހިތް އެދުނީ ސިއްރުން ނަމަވެސް ކައްޝަފްގެ ހާލެއް ބަލައިލާށެވެ. ދެދުވަސް ވެގެން އެދިޔައީ އޭނާއަށް އެސޫރަވެސް ފެނިނުލައެވެ. ވަގެއް ހެން ދެކޮޅު ހޯދައިލުމަށްފަހު ތަޅުގައި ހިފާ ނިކަން މަޑުމަޑުން އަނބުރައިލުމާއެކު ހުޅުވިއްޖެއެވެ. އެތެރެއަށް ލޯ ހިންގައިލިއިރު ކައްޝަފް ހުރީ ބޭރަށް ވެހެމުންދިޔަ ވާރެއަށް ބަލަހައްޓައިގެންނެވެ. ފުރަގަސްދީގެން ހުރުމުން އެމޫނު ފެންނާނެ ގޮތެއް ނެތެވެ. ސިކުންތުކޮޅެއް ވަންދެން ބަލަން ހުރެފައި އަޒާން އެނބުރި ދިޔައީ އަމިއްލަ ކޮޓަރިއަށެވެ.

ފުރަން ދާންވެގެން ކައްޝަފް ބަލާ ޝިފާނާ އައިއިރު ކުރިއެކޭ އެއްގޮތަށް ބޭރު ބަލަން ހުއްޓެވެ. "ކައްޝަފް. ކޮބާ ފުރަންދާންވީއޭ މިހާރު." ޝިފާނާ ވަށައިގެން ހޯދައިލީ ފޮށި ތައްޔާރު ކުރިއިރު ހަނދާން ނެތިފައި އެއްވެސް އެއްޗެއް އޮތްތޯއެވެ. ކައްޝަފް އެނބުރި ބަލައިލިނަމަވެސް އަނގައަކުން ނުބުނެއެވެ. ޝިފާނާ ފޮށި ގެންގޮސް ކޮޓަރިން ބޭރުގައި ބަހައްޓާފައި އެނބުރިލަންވާއިރަށް އޭނާ އިނީ އެނދުގައި އިށީންދެލައިގެން އަތުގެ އިނގިލިތަކަށް ބަލާށެވެ.

"ކީއްވެ ތިއިށިންނީ؟ ނިކުންނަންވީއޭ މިހާރު ދެން." ޝިފާނާ ވާހަކަދެއްކީ ދޮރުކައިރީ ހުއްޓި ހުރެފައެވެ. ކައްޝަފް އެވަގުތު ބަލަން އިނދެފައި އިސްޖަހައިލިގޮތުން އޭނަ އެއްޗެއް ބުނަން ނުކެރިގެން އުޅުނުހެން ޝިފާނާއަށް ހީވިއެވެ. "ބުނެބަލަ ތިބުނަން އުޅޭ އެއްޗެއް!" ކައިރިއަށް އަންނަމުން ޝިފާނާ ބުނެލިއެވެ. ކައްޝަފް އަނގައިން ނުބުނުމުން އޭނާ އިށީންދެލީ މަގަތުގައެވެ.

"އެހެންމީހެއްގެ ހިތާމައެއްގައި ބައިވެރިވާއިރު އެންމެން އަބަދުވެސް ދައްކާވާހަކައެއް އެއީ. އަހަރެންނަށް ތި ހިތާމަ އިހްސާސްވެއޭ ބުނުން. އެކަމަކު ދައްތަ ނުބުނާނަން އެހެނެއް. ކައްޝަފްއަށް އެނގޭނީ ކައްޝަފް ކުރިމަތިލީ ކިހާވަރެއްގެ ކަމަކާއިކަން. ދައްތަމެނަކަށް އިހްސާސެއް ނުކުރެވޭނެ. އެކަމަކު ދައްތަ ޔަޤީންކަން މިދެނީ. ކައްޝަފްއަށް ކުރިމަތިވާ ހުރިހާ އުދަނގުލެއްގައި ދައްތަ މިހުރީ އެކުގައި ވާން. އެއްބާރުލުން ދޭން." ޝިފާނާ ކައްޝަފްގެ ދަތްދޮޅީގައި ހިފާ އުފުލާލުމަށްފަހު ހަތަރުކަޅި ހަމަކޮށްލައިގެން އިނދެ ވާހަކަދެއްކިއެވެ. ވަގުތުން ކައްޝަފްގެ ލޯ ފެންކަޅިވިއެވެ. ޝިފާނާގެ އެބަސްތަކުން އޭނާއަށް ހިތްވަރުލިބި ހިތުގައި އޮތް ވާހަކަ ދުލާއި ހަމައަށް ގެންނާނެ ބާރު ލިބުނެވެ.

"އަހަރެން ބޭނުމެއް ނުވޭ އެހެންމީހުންގެ ތެރެއަށް ނިކުންނާކަށް. ހިތަށް އަރަނީ އެމީހުން އަހަރެންނާއި ދޭތެރޭ ދެކޭނެ ގޮތް. ކޮންމެމީހަކުވެސް ހިތަށް އަރާނެ އަހަރެން ކުރިމަތިލިކަންތައްތަކުގެ މަތީން." ކައްޝަފް ކިޔައިދިނެވެ.

"ދައްތައަށް ވިސްނޭ. އެކަމަކު ކައްޝަފް ހާސްވާނެ ކަމެއް ނެތް. އެސިއްރު އޮތީ ހަމައެކަނި މިއާއިލާގެ ތެރޭގައި ސިއްރުވެފައި. ދުނިޔޭގެ އެހެން އެކަކަށްވެސް ކައްޝަފްއަށް ދިމާވި ހާދިސާގެ ޚަބަރެއްވެސް ވެފައެއް ނުވޭ. އަދި މިގޭގެ މީހުންވެސް ދާދި އަވަހަށް އެކަން ހަނދާން ނެތިދާނެ. އިންސާނުންނަކީ ނިކަން އަވަހަށް ކަންކަން ހަނދާން ނެތިދާ ބައެއް." ޝިފާނާ ކައްޝަފް ހިތްހަމަޖައްސައިދޭން މަސައްކަތް ކުރިއެވެ. ދެމީހުން ތެދުވެގެން ސިޑިއާއި ހަމައަށް އައިއިރު ސިޓިންރޫމުގައި ތިބި އެންމެން މަގުމައްޗަށް ނިކުންނަނީއެވެ. ކައްޝަފް ހިތްހަމަޖައްސައިދޭން ވެގެން ޝިފާނާ މަޑުކުރީ އެންމެފަހުން ދާންވެގެންނެވެ. އޭރު އެދެމީހުންނާއި ޖަމާލު ތިބެފައި އެހެން މީހުން ކާރުތަކަށް އަރައި ޖެޓީއަށް ދާން ދަތުރު ފަށައިފިއެވެ.

ކައިރިއަށް އައުމާއެކު ޖަމާލުގެ އިޝާރާތުން އެދެމީހުން ކައިރީ އަރަން ބުނެފައި ޑްރައިވަރު ކައިރީ އިން ސީޓަށް އަރައި ޖައްސައިލިއެވެ. ކާރު ދުއްވައިލިއިރު ކައްޝަފްގެ ނަޒަރު ހުރީ ދޮރާށްޓާއި ދިމާއަށް ހުއްޓިފައެވެ. ހިތި ހަނދާންތަކެއް ދީފައިވާ އެގެ މިއަދު އަނެއްކާވެސް އޭނާ އާއި ވަކިވަނީ ހިތުން ނުފިލާވަރުގެ ލައްގަނޑެއް ފަސްބައިގައި ޖައްސާފައެވެ.

ޖެޓީ ކައިރިއަށް ގޮސް ކައްޝަފް ހުރީ އެކަކުގެ މޫނަށްވެސް ނުބަލަން ވެގެންނެވެ. ވާޓަރުގައި އޮތް ލޯންޗަށް މުދާ އެރުވުމުގައި ސަލީމުއާއި އެހެން ކުއްޖަކު އެހީތެރިވަމުން ދިޔައިރު ޔާޒަންމެން ދެބެން ދާދި އެއް ހިސާބެއްގައި މަޑުކޮށްލައިގެން ތިއްބެވެ. އެކަމަކު އެކަކުވެސް އަނެކަކާއި ވާހަކަދައްކާތަނެއް ނުފެނެއެވެ. ފިރާ އާއި ތިކާ ވެގެން ފަހަތުގައި ވަދާޢު ކިޔާ ވަގުތުކޮޅު އިންސްޓަގްރާމް ކުރެވޭތޯ އުޅެއެވެ. ޝިފާނާ ކައްޝަފް އެކަނި ވެދާނެތީ ދުރަކަށް ނުދެއެވެ. ޖަމާލު ފޯނެއް ކުރަން ވެގެން ދުރުގައި ހިނގާލަ ހިނގާލާ ހުއްޓެވެ. އިރުކޮޅަކުން މީހުން އަރަން އެންގުމުން ޖަމާލު އެންމެފުރަތަމަ އެދުނީ ޝިފާނާ އާއި ކައްޝަފް ލޯންޗް ކައިރިއަށް ދިއުމަށެވެ. ކައްޝަފް ފިނިވީ އެންމެންގެ ނަޒަރު އެމޫނަށް ހުއްޓިދާނެތީއެވެ. ނުބަލާ ހުއްޓަސް ކައިރިން ދިޔައިރު ތިކާމެން ބަލަން ތިބިކަން އޭނާއަށް އިހްސާސްވިއެވެ.

ކައިވެނީގެ ވާހަކަ ދައްކަން ރޭވިފައި އޮތީ މާލެ އެރުމަށް ފަހުގައެވެ. އެރޭ ޔާޒަން ކޮޓަރީގައި އުޅެނިކޮށް މީހަކު ޓަކި ޖަހައިލުމުން ބެލިއިރު ބައްޕައެވެ. އަޒާން ނިކަން ހައިރާންވިއެވެ. އެހާދިސާގެ ފަހުން ބައްޕަ އަދި އޭނަ ވާހަކައެއް ނުދައްކައެވެ. ފެނިފައިވެސް ވަނީ ހަމައެކަނި މިއަދު ފުރަން އުޅުމުގެ ތެރޭގައެވެ. ބައްޕަ ވަކި އެއްޗެއް ނުބުނެ ދެއަތް ފުރަގަހަށް ލައިގެން ހުރި ގޮތް ދެކެފައި އަޒާން އިސްޖަހައިލުމަށްފަހު އަނބުރާލައިފައި އެތެރެއަށް ވަދެގެން ގޮސް ކޮޓަރި މެދާކަށް ހިސާބުގައި ހުއްޓުނެވެ.

"ބައްޕަ އިށީންނަވާ!" އަޒާން އިޝާރާތް ކުރީ އެތާ ހުރި ސޯފާ ގޮނޑިއަކަށެވެ. ބައްޕަ އިށީންނުމުން އޭނާވެސް އެނދުގައި ކުޑަގޮތަކަށް އިށީންދެލައިފިއެވެ. އޭނާ އިންތިޒާރު ކުރަން ފެށީ ބައްޕަ ވާހަކަ ފަށްޓާނެ އިރަކަށެވެ.

"އަޒާން ކައިރިން ހުއްދައަކަށް އެދިގެނެއް ނޫން ބައްޕަ މިއައީ. ބައްޕަގެ ނިންމުން އިއްވަން ވެގެން. އެކަން ކުރަން އަންގަންވެގެން މިއައީ." ޖަމާލު ވާހަކަފެށީ އަމުރުވެރި ރާގެއްގައެވެ. އޭނާ ބުމަ ކައިރިކޮށްލައިގެން ބަލަން އިންދާ އަޒާން މަޑުމަޑުން ބޯޖަހައިލިއެވެ. ބައްޕަ މިއަދު ކޮންމެކަމެއް އެދުނަސް ޝަރުތަކާއި ނުލާ އެއްބަސްވާނެ ކަމުގެ ހެއްކަކަށް އެމޫނުގެ ކުލަވަރު ފުދެއެވެ. އޭނާއަކީ އެހެން ނޫނަސް ބައްޕަގެ އެއްވެސް އެދުމަކަށް ފުރަގަސްދޭން ދަސްވެފައިވާ ޒުވާނެއް ނޫނެވެ.

ޖަމާލު އިތުރު އެއްޗެއް ނުބުނެ އުޅެނިކޮށް ދޮރުފަތުގައި ޓަކި ޖަހައިލިއެވެ. ޖަމާލު ހުއްދަދިން ގޮތުން އެމީހަކަށް އިންތިޒާރުގައި އިންކަން ދޭހަވިއެވެ. އެވަގުތު ދޮރުން ވަނީ ޝިފާނާއެވެ. އޭނާގެ އަތުގައި އޮތް ފައިލެއް ގެނެސް ޖަމާލު އަތަށް ދީފައި މަޑުކޮށްލައިގެން ހުއްޓެވެ. ކޮޓަރީގައި ތިންވަނަ މީހަކު ހުރުމުން އަޒާން އިނީ އުދަނގޫވެފައެވެ. އެކަމަކު އޭނާގެ ސަމާލުކަން ހިނދުކޮޅަކަށްވެސް ބައްޕަގެ ފަރާތަކުން ނުނެއްޓެއެވެ.

"ކޮބާ އައިޑީ ކާޑު؟" ފައިލް ހުޅުވުމުގެ ކުރިން ބައްޕަ އެދުނެވެ. އަޒާން ތެދުވެގެން ގޮސް ޑްރެސިން ޓޭބަލްތެރޭ އޮތް ވޮލެޓް ނަގައި ކާޑު ގެނެސް ދީފައި އިށީންދެލުމުން ފައިލް ހުޅުވާފައި ދިއްކޮށްލައިފިއެވެ. "މީގައި މިއޮތީ ކައިވެނީގެ ފޯމް. އަޒާން ސޮއިކުރަން ޖެހޭ ތަނުގަ ސޮއިކޮށްފަ އަނބުރާ ގެނޭ." އަޒާން ފައިލުގައި ހިފާލުމާއެކު ބައްޕަ ބުނި ވާހަކަ އިވިގެން ފުންމައިގެން ތެދުވިއިރު ފައިލް އަތުން ދޫވެއްޖެއެވެ.

"ކީއްވެ ހައިރާންވީ؟ އަންހެންކުއްޖެއްގެ އިއްފަތްތެރިކަމާއި ކުޅެލާފަ ހިތަކަށް ނާރާތަ މިދުވަސް ދެކެން ނުޖެހިދާނެއޭ. ހިތަށް އެރިހާ ކަމެއް ކުރީމަ ޒިންމާ ނުނަގާ އަތްފޮޅާލެވިދާނެ ކަމަށް ހީނުކުރާތި!" ޝިފާނާ ތިރީގައި އޮތް ފައިލު ނަގާ ދިނުމުން ދެވަނަ ފަހަރަށް ދިއްކޮށްލައިގެން އިނދެ ޖަމާލު ވާހަކަދެއްކިއެވެ. އަޒާންއަށް ދަތް އަޅައިލެވުނީ ތުންފަތުގައެވެ. ބައްޕަ ރައްދު ދޭނީ ކީކޭ ކިޔާފައި ހެއްޔެވެ؟ އޭނާ ކިޔަމަންތެރި ކަމާއެކު ފައިލުގައި ހިފާފައި ބައްޕަ ދިން ގަލަމުން ސޮއިކޮށްލައިފިއެވެ. "ބައްޕަ ހޯދި ދެހެކިން މާދަމާ ކައްޝަފް ކައިރިއަށް ދާނެ ރަންކިޔަން. ދެހަފްތާ ފަހުން އޯގަސްޓް ތިނެއްގައި ކައިވެނި އޮންނާނެ." ޖަމާލު ފައިލް ހިފައިގެން ތެދުވެފައި އިތުރު ތަފްޞީލު ދިނެވެ. އޭނާ ހިނގައިގެންވަގުތު އަޒާން އެއްޗެއް ބުނަން ބޭނުންވެގެން ކަހަލަ ގޮތަކަށް އަތް އުފުލާލައިފައި ތިރިކޮށްލިތަން ފެނިގެން ހުއްޓުނެވެ. ބައްޕަ ހަތަރުކަޅި ހަމަކޮށްލުމުން އަޒާންއަށް ފުރަތަމަ ބުނާކަށް ނުކެރުނެވެ.

"ބުނެބަލަ ތިބުނަން އުޅޭ އެއްޗެއް؟" ޖަމާލު އެހިއެވެ. ޝިފާނާ ދެބަފައިންގެ މޫނަށް ބަލައިލަބަލައިލާ ހުއްޓެވެ. "އަޅުގަނޑު...އޮޅުންފިލުވަން ބޭނުންވަނީ....ކައްޝަފް މިކައިވެންޏާ....." އަޒާންގެ ޖުމްލަ ފުރިހަމަ ނުވަނީސް ބައްޕަ ބުނި އެއްޗަކުން މެދުކަނޑާލައިފައި ކުއްލިއަކަށް އިސްއުފުލާ ބަލައިލެވުނީ ޤަބޫލު ނުކުރެވިގެންނެވެ. "ކައްޝަފްގެ އެއްވެސް އިއުތިރާޒެއް ނެތް." ޖަމާލު ދެވަނަ ފަހަރަށް ތަކުރާރުކޮށްލައިފައި ޝިފާނާއާއި ދެމީހުން ނިކުމެގެން ދިޔައެވެ. އަޒާން އޭރުވެސް ޔަޤީން ނުކުރެވިފައި ބައްޕަމެން ނިކުމެގެންދިޔަ ދޮރާއި ދިމާއަށް ބަލަން ހުއްޓެވެ.

ފުން ވިސްނުމެއްގައި ތިބެގެން ދެމީހުން ގޮސް ކައްޝަފް އުޅޭ ކޮޓަރިއާއި ހަމަވުމާއެކު އެތެރެއިން ބާރު އަޑުފައްގަނޑެއް އިވުމުން ދެމީހުންވެސް ދިޔައީ ސިއްސައިގެންނެވެ. އެކަކު އަނެކަކަށް ބަލާލުމަށްފަހު ޝިފާނާ އަވަހަށް އެކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަނެވެ. ޖަމާލު ދޮރުމަތީގައި މަޑުކޮށްލައިގެން ހުރީ ތަރުތީބު ގެއްލިފައިވާ ކޮޓަރިތެރެއަށް ބަލަހައްޓައިގެންނެވެ. ކައްޝަފް ރުޅި އައިސްގެން މުޅި ކޮޓަރި އޮތީ އެފުށް މިފުށަށް ޖަހައިފައެވެ. އެކަމަކު ދޮރުމަތިން ޖަމާލުބެ ފެނުމުން އޭނާ ހިމޭންވެއްޖެއެވެ.

"ކައްޝަފް ތިރުޅި ހައްޤު. ދައްތައަށް ވިސްނޭ. އެކަމަކު ދައްތަ މިހުރިހާ ކަމެއްވެސް މިކުރަނީ ކައްޝަފްއަށް ރަނގަޅަކަށް." ޝިފާނާ ކައްޝަފްއަށް ވާހަކަދައްކަން ހުއްޓާ ޖަމާލު ގޮސް ކައިރިއަށް ހުއްޓުނެވެ. ޝިފާނާ ބަލައިލުމުން އިޝާރާތުން ބުނީ އޭނާ ވާހަކަދައްކަން ފުރުސަތު ދީފައި ޝިފާނާ ބޭރުގައި މަޑުކުރުމަށެވެ. ބޯޖަހާލައިފައި ޝިފާނާ ދިޔައެވެ. ދޮރު ލައްޕާލުމަށްފަހު އޭނާ ހުރީ ފިރިމީހާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ. ގިނައިރުތަކެއް ނުވެއެވެ. ފެނުނީ ޖަމާލު ނިކުތްތަނެވެ. އެމޫނުގައިވާ ހަމަޖެހުން ދެކެފައި ޔަޤީންވި އެއްޗަކީ ޖަމާލުގެ މަޤްސަދުގައި ކާމިޔާބު ވިކަމެވެ. ދޮރުން އެތެރެއަށް ނަޒަރު ދިންއިރު ކައްޝަފް ދެއަތުން މޫނު ފޮރުވާލައިގެން އެނދުގައި އިނީ ރޯށެވެ.

ނުނިމޭ

 •  
 •  
 •  

ކިޔުންތެރިންގެ ޚިޔާލު

10 ޚިޔާލު

 1. Kkk

  Vaahakaeh mihaaru mi vany kihineh. Kury partgaves azange kusheh nufene. Ekam mi partga mi v kihineh. Vaanuvaa olhijje. Pls upload the next part ްfast.

 2. މާހިރާ

  ހާދަދުވަހަކުންނޭ ވާހަކަ ދެނެސްދެވެނީ! ވާހަކަ ވަރަށް ރީތި. ތަންކޮޅެއް އަވަހަށް ގެނެސްދީބަލަ! ޔަސް

 3. vaanu vaa neyge

  mi vahaka ga vaa eh nuvaa eh neyge..ehaa las up kuraalej. Kiyey ehche hadaan ves nuhurey. thi varun vahaka nulliyan v nun

 4. މިންމި

  އަޅޭ….. އަޒާން އާ ދޯ އެހެންމަ ކައްޝަފް މެރީ ކުރީ… ސަޅި 🙂
  ލަވް ދިސް ސްޓޯރީ.. އަވަހަށް އަޕް ކޮށްދެވޭތޯ ބަލައްޗޭ ޔަސް..

 5. ޒޯ

  މީ ކުރިން މިސައިޓްގަ އަޕްކޮށް ނިންމާފަ އޮތް ވާހަކައެއް.

 6. Zaee

  Mi e’e ahisfa in’nbayeh.. pls new baeh up koh’lasheebala

 7. ލައި

  އަޅޭ ހާދަ ލަހުންނޭ އަޕް ވަނީ …ޕްލީސް އަވަސް ކޮށް އަނެއްބައި ގެނެސްދީބަލަ …ކެއްވަނީއެއްނޫން އެނެއްބައި ކިޔާ ހިތުން….އެކަމް އަޒާން އަށް ކިހިނެއް ތިހެދީ

 8. އައިޝަތު ޒީތު

  މީ އަހަރަކު އެއްފަހަރު ނުކުންނަ އެއްޗެއްތަ މިކަން ނުވަންނާ ހުއްޓާ ލަންވީއެއްނުން

 9. Azuhan

  Yasma liye ninmaafa oiy
  up nukurevey. Fahu part up kurin fshunves maheh vany. vaahakaeh mee. Evarunves avah

 10. Asma

  😂😂😂Mivaaka up kurun huttaalaafin