loading ...
loading ...
އޭދަފުށީގައި ބޯފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއު ފަށައިފި

އޭދަފުށީގައި ބޯފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫއު ފަށައިފި

0 comment

މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީގައި ގާއިމުކުރާ ބޭނުފެނުގެ ނިޒާމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ. ދިވެހި ސަރުކާރުން ހަރަދުކޮށްގެން އެންވަޔަރަމަންޓް މިނިސްޓްރީގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މި މަސައްކަތް ހަވާލުކޮށްފައިވަނީ ސްރީ ލަންކާގެ ކުންފުންޏެއް ކަމަށްވާ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑް އާ އެވެ.

އޭދަފުށީގައި ކުރިއަށް ދާ މި މަޝްރޫޢަށް ދިވެހި ސަރުކާރުން 74.3 މިލިއަން ރުފިޔާ ޚަރަދު ކުރައްވާ މި މަޝްރޫއު އެކެވެ. މި މަޝްރޫއުގެ ދަށުން އޭދަފުށީގައި 15 ކިލޯމީޓަރުގެ ބޯފެނުގެ ވިއުގައެއް ގާއިމުކޮށް، 192 ޓަނުގެ އާރްއޯ ޕްލާންޓެއް ބެހެއްޓުމަށް ހަމަޖެހިފައިވާއިރު މި މަޝްރޫއުގެ މަސައްކަތް ނިންމުމަށް އެ ކުންފުންޏަށް ދީފައިވަނީ ހަ މަސްދުވަހެވެ.

އަދި މި މޝްރޫއުގެ މަސައްކަތް އެއްކޮށް ނިމޭއިރު ކަނޑައެޅިފައިވާ އުސޫލުތަކާއި އެއްގޮތަށް ހުރިހާ ގޭބީސީތަކާއި މުއައްސަސާތަކަށް ބޯފެނުގެ ހިދުމަތް ގުޅައި ދެވޭނެކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުނެއެވެ.

އޭދަފުށީގައި ބޯފެން މިހާރު ބޭނުންކުރަނީ ތާނގީގައި ފެން ރައްކާކޮށްގެންނެވެ. 3500 މީހުންގެ އާބާދީއެއް އޮންނަ ބ. އޭދަފުށީގައި 600 އެއްހާ ގެ ހުރެ އެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު