loading ...
loading ...
ލ.އަތޮޅާއި ޅ.އަތޮޅުގައި ހިންގާ އަސްކަރީ ތަމްރީނު ތަކެއްގައި ފްލެއަރ އަރުވަން ނިންމައިފި

ސިފައިން ތަމްރީނެއްގައި ފްލެއަރ އަރުވަނީ

ލ.އަތޮޅާއި ޅ.އަތޮޅުގައި ހިންގާ އަސްކަރީ ތަމްރީނު ތަކެއްގައި ފްލެއަރ އަރުވަން ނިންމައިފި

0 comment

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ލ.އަތޮޅުގައި ކުރިއަށް ގެންދާ އަސްކަރީ ތަމްރީނު ތަކެއްގައި އެއަތޮޅުގެ ބައެއް ރަށްރަށުގައި ފްލެއަރ އަރުވަން ނިންމައިފިއެވެ.

އެމްއެންޑީއެފް އިން އިއްޔެ ކޮށްފައިވާ އިއުލާނެއްގައި ބުނެވެފައި ވަނީ 2017 ޑިސެމްބަރ 23 ން 28 އަށް ކޮންމެ ދުވަހެއްގެ 18:00 އިން ޖެހިގެން އަންނަ ދުވަހުގެ 06:00 އަށް، ލ. ކައްދޫ، ލ. މާންދޫ، ލ. ގަން، ލ. ކަޅައިދޫ އަދި ލ. ބަރެސްދޫގައި ފްލެއަރ އެރުވުމަށް ހަމަޖެހިފައިވާކަމުގައެވެ.

މިޙަރަކާތުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ބިމުން ފެށިގެން މައްޗަށް 300 މީޓަރު ދުރުމިނަށާއި ކަނޑުގެ ލޮނުގަނޑުން ފެށިގެން 300 މީޓަރުގެ އުސްމިނާ ދެމެދުގައި ކަމަށް ވެސް އެމްއެންޑީއެފުން ކުރި އިޢުލާނުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން ޅ/އަތޮޅުގައި ހިންގާ ޢަސްކަރީ ތަމްރީނުތަކެއްގައި، 2017 ޑިސެމްބަރ 23 ން 25 އަށް ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް، އަދި 2017 ޑިސެމްބަރ 26 ވަނަ ދުވަހުގެ 00:00 އިން 05:59 އަށް ޅ. މާފިލާފުށީގައި ފްލެއަރ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މިޙަރަކާތުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ބިމުން ފެށިގެން މައްޗަށް 200 މީޓަރު ދުރުމިނަށާއި ކަނޑުގެ ލޮނުގަނޑުން ފެށިގެން 200 މީޓަރުގެ އުސްމިނާ ދެމެދުގައި ކަމަށް ވެސް އެމްއެންޑިއެފް ވަނީ އިޢުލާން ކުރައްވާފައެވެ.

  •  
  •  
  •  

ކިޔުންތެރިންގެ ޚިޔާލު

0 ޚިޔާލު